ދުނިޔެ

ވަރިކުރިކަން އެސްއެމްއެސްއަކުން އަންގަންޖެހޭ ގަވާއިދަށް ސަޢުދީގައި އަމަލުކުރަން ފަށައިފި

މުހައްމަދު އައުޒަމް

އެސްއެމްއެސް މެދުވެރިކޮށް، ވަރިކުރިކަން އަންގަންޖެހޭ ގަވާއިދަށް ސަޢުދީގައި އަމަލުކުރަން ފަށައިފިއެވެ.

ސަަޢުދީ ސަރުކާރުން ހަދާފައިވާ މިގަވާއިދަކީ ސައުދީގައި އާންމުކޮށް ދިމާވާ، ވަރިކުރިކަން ނޭންގޭ މައްސަލަތައް ގިނަ އަދަދަކަށް އިތުރުވުމާއި ގުޅިގެން ހެދި ގަވާއިދެކެވެ.

ސަޢުދީގައި އެތަށް އަންހެނުންނެއް ވަނީ ވަރިކުރިކަމަށް ނޭންގޭކަމަށް ބުނެ ގިނަ މައްސަލަތަކެއް ހުށަހަޅާފައެވެ.

މިގަވާއިދުގެ ސަބަބުން، ކުރިން ޝައްކުގެ މަތީގައި ތިބި އަންނެނުންނަށް ވަރި ކުރިކަން ވެރިފައި ކުރެވޭ މެސެޖް ލިބުމުން ޔަގީންކުރެވޭނެއެވެ.

މީގެކުރިން އަންހެނުންނަށް ތަފާތު ކުރުން ބޮޑުވެފައިވާ ސަޢުދީގައި އެގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސުލްތާންގެ އެންގެ ވުމުގެމަތިން އަންހެނުންނަށް މަނާކުރެވިފައިވާ އެތަށް ކަމެއް ވަނީ ހުއްދަ ކޮށްފައެވެ. އެގޮތުން ސައުދީގައި އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ދީފައިވާއިރު ފިރިހެނުންނެކޭވެސް އެއްފަދައިން ވަޒީފާ އަދާކުރެވޭނެ ފުރުސަތުތަށް ވެސް ވަނީ ހުޅުވާލައިފައެވެ.