އުމުރުން އެންމެ ހަމަހުގައި ވޯޓާ ސްކީ ކޮށް ތުއްތު ކުއްޖަކު ދުނިޔޭގެ ރެކޯޑު ފޮތަށް އަރައިފިއެވެ.
ރިޗް ހަމްޕްރޭސް ނަމަކަށް ކިޔާ މިކުއްޖާ އެމެރިކާގެ ސަދަން އުޓާގެ ކޯރެއްގައި ސްކީ ކުރި މަންޒަރު އެކުއްޖާގެ މަންމަ ވަނީ ރެކޯޑް ކޮށްފައެވެ.
އުމުރުން ހަމަހާއި ހަތަރު ދުވަސް ވީ ދުވަހު ލަކުޑި ސްކީ ބޯޑެއްގައި ސަލާމަތީ ފިޔަވަޅުތަކާއެކު ރިޗަޑް ސްކީ ކުރި ވީޑިއޯއިން ފެންނަމުންދިޔައީ ރިޗް މަޖާވެފައި ހުރި މަންޒަރެވެ.
ރިޗްގެ މަންމަ ވަނީ ރިޗްގެ އިންސްޓަގްރާމް ޕޭޖަށް އެވީޑިއޯ އަޕްލޯޑްކޮށް އެތައް ބަޔަކު ހައިރާންކޮށްލައިފައެވެ.
ވޯޓާ ސްކީ ކޮށްގެން ދުނިޔޭގެ ރެކޯޑްފޮތުން މިހާތަނަށް ޖާގަ ހޯދައިފައިވަނީ ފްލޮރިޑާގެ އުމުރުން ހަމަހާއި 27 ދުވަހުގެ ކުއްޖެކެވެ.