ދުނިޔެ

މެކްސިކޯގެ މޭޔަރެއް މަގާމާ ހަވާލުވިތާ ދެ ގަޑިއިރުތެރޭ ބަޑިޖަހައި މަރާލައިފި

މުހައްމަދު އައުޒަމް

މެކްސިކޯގެ މޭޔަރަކު މަގާމާ ހަވާލުވިތާ ދެ ގަޑިއިރުތެރޭ ބަޑިޖަހައި މަރާލައިފިއެވެ.

މެކްސިކޯގެ އޮއަކްސަކާ ސްޓޭޓްގެ މޭޔަރުކަމާ ހަވާލުވި އަލެޖަންޑްރޯ އަޕްރިސިއޯ ގަޔަށް ބަޑި ޖަހައި މަރާލައިފައި އޭނާގެ އޮފީހުގެ ބައެއް މީހުންނާއެކު ބައްދަލުވުމަކަށް ދިއުމަށް ކާރުގައި ދަތުރުކުރި މަގުމަތީގަ އެވެ. އެ ހަމަލާގައި މޭޔަރުގެ ގަޔަށް ވަޒަން އަރައި އެތެރެހައްޓަށް ލޭއެޅުމުގެސަބަބުން ވަގުތުން މަރުވެފައިވާ ކަމަށް އެގައުމުގެ އޮފިޝަލުން މައުލޫމާތުދެއެވެ.

އަޕްރިސިއޯއަށް ހަމަލާދިން ވަގުތު ކާރުގައި ދެން ތިބި މީހުންނަށް ވަނީ އެކިވަރުގެ އަނިޔާވެފައެވެ.

އަޕްރިސިއޯއަށް ހަމަލާދިންކަމަށް ބެލެވެނީ އޭނާގެ ސަޕޯޓަރުން މަގުމަތީގައި އެއްވެފައި ތިބިވަގުތެގައެވެ. ހަމަލާ ދިންމީހާ ވަނީ ވީޑިއޯގެ އެހީގައި އަތުލައިގެންފައެވެ.

އަޕްރިސިއޯއަށް ހަމަލާދިންކަ މަށް ބެލެވޭ މީހާއަކީ ކުރިން ފުލުހެއް ކަމަށާއި އޭނާގެ މަގްސަދަކީ ކޮމައިކަން ހޯދުމަށް ތަހުގީގު ފަށާފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ.