އިންޑޮނޭޝިއާ

ވޭތުވެދިޔަ 24 ގަޑިއިރު އިންޑޮނޭޝިއާ އިން ރެކޯޑް އަދަދަކަށް ކޮވިޑް ކޭސް ފެނިއްޖެ

މުހައްމަދު އައުޒަމް

ވޭތުވެދިޔަ 24 ގަޑިއިރު އިންޑޮނެޝިއާ އިން ރެކޯޑް އަދަދަކަށް ކޮވިޑް ކޭސް ފެނިއްޖެއެވެ.

އިންޑޮނޭޝިއާ އިން ވަނީ ވޭތުވެދިޔަ 24 ގަޑި އިރުތެރޭ ކޮވިޑްގެ 4،168 ކޭސް ފެނިފައިވާކަމަށް ރިޕޯޓު ކޮށްފައެވެ. އެގައުމުން މިހާތަނަށް ކޮވިޑް ޖެހިގެން 240،687 ކޭސް ރިޕޯޓުކޮށްފައި ވެއެވެ.

ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 112 މީހުން ކޮވިޑް ޖެހިގެން އިންޑޮނެޝިއާއިން މަރުވެފައިވާއިރު އެގައުމުން މިހާތަނަށް ޖުމަލަ 9،448 މީހުން މަރުވެފައި ވެއެވެ.

އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާއިން އެކަނިވެސް މިމަހު އެވްރެޖްކޮށް ދުވާލަކު 1000 އަށްވުރެ ގިނަ ޕޮޒިޓިވް ކޭސް ފެންނަމުން ދެއެވެ. ޖަކާޓާގެ ގަވަރުނަރު އެގައުމުގެ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވަނީ އެގައުމުގެ ސިއްހީ ދާއިރާ އަށް ނުތަކާވަރު ވެފައިވާކަމަށް ފާހަގަކުރައްވައިފަ އެވެ.

ގަވަރުނަރު ވަނީ ޖަކާޓާއިން އެކަނިވެސް ދުވާލަކު 50،000 ޓެސްޓު ކުރަން ޖެހޭ ކަމަށާއި ކުރިޔަށް ހުރި ދުވަސްތަކުގައި މިއަދަދު އިތުރުކުރުމަށް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެފައެވެ.