މުހައްމަދު އައުޒަމް
އިންޑޮނޭޝިއާގެ އަލިފާން ފަރުބަދައެއް ގޮވުމުގެ ސަބަބުން އެ ގައުމުގެ ބާލީއަށް ދަތުރުކުރާ ފްލައިޓުތައް ކެންސަލްކޮށްފިއެވެ.
އިންޑޮނޭޝިއާގެ މައުންޓް ލެވޯޓޮބީ ލަކީ ލަކީ އަލިފާން ފަރުބަދަ ހުކުރު ދުވަހުން ފެށިގެން ގޮވަން ފަށާފައިވާއިރު އެ ފަރުބަދައިން އަޅިއާއި ކަޅު ދުން އަށް ކިލޯ މީޓަރު ސަރަހައްދަކަށް ފެތުރިފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިންޑޮނޭޝިއާގެ އޮފިޝަލުން ވަނީ ބާލީއަށް ކުރާ ހުރިހާ ފްލައިޓެއް ކެންސަލްކޮށްފައެވެ. އަދި ބައެއް ފްލައިޓުތައް ވަނީ ޑައިވާޓްކޮށްފައެވެ.
އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން އިންޑޮނޭޝިއާގެ ސަރުކާރުން ވަނީ 14 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށައިފައެވެ. އެގޮތުން 4700 މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.