ދުނިޔެ

އިންޑޮނޭޝިއާގައި ސޯޝަލް މީޑިއާ ބޭނުންކުރެވޭނެ އެންމެ ހަގު އުމުރު ކަނޑައަޅަނީ

މުހައްމަދު އައުޒަމް

އިންޑޮނޭޝިއާގައި ސޯޝަލް މީޑިއާ ބޭނުންކުރެވޭނެ އެންމެ ހަގު އުމުރު ކަނޑައެޅުމުގެ މަސައްކަތް ފަށައިފިއެވެ.

އިންޑޮނޭޝިއާގެ ކޮމިޔުނިކޭޝަން މިނިސްޓްރީން ބުނީ އެ ގައުމުގެ ކުޑަކުދީން ރައްކާތެރިކުރުމަށް އަމާޒު ހިފައި ސޯޝަލް މީޑިއާ ބޭނުންކުރެވޭނެ އެންމެ ހަގު އުމުރެއް ކަނޑައެޅުމަށް ގަވާއިދެއް އެކުލަވައިލުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ.

އިންޑޮނޭޝިއާ އިން މި ކަމަށް އުމުރެއް ކަނޑައެޅުމުގެ މަސައްކަތް ފެށި ނަމަވެސް އެއީ ކޮން އުމުރެއް ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މިބަދަލު ގެނައުމަށް އިންޑޮނޭޝިއާގެ ކޮމިއުނިކޭޝަން މިނިސްޓްރީން ވަނީ އެގައުމުގެ ކަމާބެހޭ އިދާރާތަކުގެ އިތުރުން ރައީސް ޕްރަބޮވީ ސުބިއަންޓޯއާ ވެސް މަޝްވަރާކޮށްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރައީސް ޕްރަބޮވީ ސުބިއަންޓޯ އާއި މުޅި ސަރުކާރު އޮތި އެކަމަށް އެއްބާރުލުން ދިނުމަށް ތައްޔާރަށް ކަމަށް ކޮމިއުނިކޭޝަން މިނިސްޓްރީގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.