ދުނިޔެ

ތޫފާން އުސްމާން އަރައި ފިލިޕީންސުން 75 މީހުން މަރުވެއްޖެ

މުހައްމަދު އައުޒަމް

ތޫފާން އުސްމާން އަރައި ފިލިޕީންސުން 75 މީހުން މަރުވެއްޖެއެވެ.

ތޫފާން އުސްމާން އަރާފައި ވަނީ ފިލިޕީންސްގެ ބިކޯލް އަދި ވިސަޔަސްގެ ސަރަހައްދު ތަކަށެވެ. މި ތޫފާނުގައި ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން އެސަރަހައްދުތަކަށް ބޮޑެތި ގެއްލުން ތަކެއް ވަނީ ލިބިފައެވެ. ތޫފާން އުސްމާންގެ ސަބަބުނެ މިހާތަނަށް 16 މީހަކު ގެއްލި 75 މީހުން މަރުވެފައިވާ ކަމަށް ފިލިޕީންސްގެ ނެޝަނަލް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން އެންޑް މެނޭޖްމަންޓް އެޖެންސީން ބުނެއެވެ. އަދި އެތައް ބަޔަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ވެސް އެއެޖެންސީން ބުނެއެވެ.

ތޫފާން އުސްމާން އަރާފައިވާ ސަރަހައްދުގެ 69 ގެއަކަށް ބޮޑެތިގެއްލުން ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އޭގެތެރެއިން 41ގެ ދިރި ނޫޅެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް އެގައުމުގެ އޮފިޝަލުން ބުނެއެވެ. ތޫފަނުގެ ސަބަބުން ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑި 190،000 މީހުން ހާލުގައި ޖެހިފައިވާ ކަމަށް ފިލިޕީންސްގެ ނެޝަނަލް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން އެންޑް މެނޭޖްމަންޓް އެޖެންސީން ބުނެއެވެ.