ގދ. ތިނަދޫގައި ހުންނަ ހުވަދޫ ސަރަހައްދީ ދާރުލްއާސާރަށް ރޭ ބަޔަކު ވަގަށް ވަދެ އެތަނުގައި ހުރި ބައެއް ތަކެތި ވަގަށް ގެންގޮސްފިއެވެ.
ހެރިޓޭޖް މިނިސްޓްރީން ބުނީ ތިނަދޫގައި ހުންނަ ހުވަދޫ ސަރަހައްދީ ދާރުލްއާސާރަށް ރޭ ބަޔަކު ވަގަށް ވަދެ އެތަނުގައި ހުރި ބައެއް ތަކެތި ވަގަށް ގެންގޮސްފައިވާ ކަމަށެވެ.
އެމައްސަލަ ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ހެރިޓޭޖުން ބުންޏެވެ. އެކަމާ ގުޅޭގޮތުން އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ވަގަށް ނަގާފައިވަނީ ނަމޫނާ ފައިސާ އާއި ކޮމްޕިއުޓަރު ސިސްޓަމްގެ ބައެއް ސާމާނެވެ.