ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ގދ. އަތޮޅު ފައިނަލަށް ގައްދުއާއި އެންމެފަހުގެ ޗެމްޕިއަން ވާދޫން ދަތުރުކޮށްފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ގދ. އަތޮޅު ސެމީގެ ދެމެޗު ކުޅުނީ މިއަދު ހަވީރުއެވެ.
ސެމީ ފައިނަލް ފުރަތަމަ މެޗުގައި މަޑަވެލިން ގައްދޫ ކައިރިން ބަލިވީ 4-1 އިންނެވެ. ގައްދޫގެ އަހުމަދު ރިފްޝާން ދެގޯލު ޖެހި އިރު، އަނެއް ދެގޯލު ޖެހީ މިރާސު މުހައްމަދު ޒުހައިރު އަދި އަނޫ އަހުމަދެވެ. މަޑަވެލިން ޖެހި ގޯލު ޖަހައިދިނީ އަހުމަދު އައިމަން ސައީދެވެ.
އަނެއް ސެމީގައި އެންމެފަހުގެ ޗެމްޕިއަން ވާދޫން ތިނަދޫ ކައިރިން 5-1 އިން މޮޅުވި އިރު، ވާދޫގެ ތަރިއަކީ މިވަގުތު އެ އަތޮޅުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ ނަޝާހު އަހުމަދު (ނައްޓު)އެވެ. އޭނާ ވަނީ މެޗުގައި ހަތަރު ގޯލު ޖަހައިފައެވެ. އޭނާ މިހާތަނަށް އަތޮޅު ބުރުގައި ހަތް ގޯލު ޖަހާފައިވެއެވެ.
ތިނަދޫން މެޗުގައި ޖެހި ހަމައެކަނި ގޯލު ޖެހީ އިބްރާހީމް މުހައްމަދެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
20:00
ގްރައުންޑް 1: ކ. ދިއްފުށި - ކ. ގާފަރު
ގްރައުންޑް 2: ކ. ހިންމަފުށި - ކ. މާފުށި
21:00
ގްރައުންޑް 1: ކ. ގުރައިދޫ - ކ. ތުލުސްދޫ
ގްރައުންޑް 2: ކ. ގުޅި - ކ. ކާށިދޫ
22:00
ގްރައުންޑް 1: އއ. ދަނގެތި - އއ. މަންދޫ (ސެމީ ފައިނަލް)
ގްރައުންޑް 2: އއ. މަހިބަދޫ - އއ. ކުނބުރުދޫ (ސެމީ ފައިނަލް)
23:00
ގްރައުންޑް 1: ސ. ފޭދޫ - ސ. މީދޫ (ސެމީ ފައިނަލް)
ގްރައުންޑް 2: ސ. ހިތަދޫ - ސ. މަރަދޫފޭދޫ (ސެމީ ފައިނަލް)