ކުއްލި ޚަބަރު

ސްޓޫޑަންޓް ލޯނުތައް ދެއްކުން މި އަހަރުގެ ނިޔަލަށް ފަސްކޮށްދޭން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި

ސްޓޫޑަންޓް ލޯނުތައް ދެއްކުން މި އަހަރުގެ ނިޔަލަށް ފަސްކޮށްދޭން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

ކޮވިޑް 19އާ ގުޅިގެން ސްޓޫޑަންޓް ލޯނުތައް ދެއްކުން ފުރަތަމަ ފަސްކޮށްދިނީ މިދިޔަ މާޗް މަހުން ފެށިގެން ހަ މަސް ދުވަހަށެވެ. އެގޮތުން ލޯނުތައް ދެއްކުން ހަމަވާނީ މިމަހުގެ ނިޔަލަށެވެ.

ނަމަވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ ކޮވިޑުގެ ބަލިމަޑުކަމުގެ މި ހާލަތުގައި ގިނަ ފަރާތްތަކެއްގެ އާމްދަނީއަށް އަސަރުކޮށްފައިވުމާއެކު އާންމު ހާލަތަށް ރުޖޫއަވުމަށް ވަގުތު ނަގާނެ ކަމަށް ބެލެވޭތީ، ސްޓޫޑަންޑް ލޯނު އަނބުރާ ދެއްކުން މިއަހަރުގެ ނިޔަލަށް ފަސްކޮށްދީފައިވާ ކަމަށެވެ.

ކޮވިޑާ ގުޅިގެން ސްޓޫޑަންޓް ލޯނު ދެއްކުން ފަސްކޮށްދިން އިރު، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ކޮވިޑުގެ ސަބަބުން މާލީ ގޮތުން ދަތިތަކާ ކުރިމަތިވި ދަރިވަރުންނަށް ވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.