އިބްރާހިމް ޒަކީ
ފާތިމަތު ޝަރީފާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފަރުޝަތާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހުގެ އިތުރުން އިބްރާހިމް ރަޝީދު، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރު ކަމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.
މި ހަތަރު ބޭފުޅުން ސީއެސްސީގެ މެންބަރު ކަމަށް އައްތަން ކުރަން މަޖިލީހުން ފާސްކުރީ، އެމަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، އެ މަގާމަށް ޝަރުތު ހަމަވާކަމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވި، 15 ބޭފުޅުނުްގެ ތެރެއިިން، މިއަދުގެ ޖަލްސާގައި ވޯޓަށް އަހައިގެންނެވެ.