ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރެއްވި އިބްރާހިމް ރަޝީދު (ވައިޖެހޭ އިބްރާހިމް ރަޝީދު) އަވަހާރަވެއްޖެއެވެ.
އިބްރާހީމް ރަޝީދު އަވަހާރަވެފައިވަނީ އައިޖީއެމްއެޗްގައި ރޭގެ ވަގުތެއްގައެވެ.
އިބްރާހީމް ރަޝީދަކީ ކުރީގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމްގެ ބައްޕާފުޅެވެ.
އިބްރާހިމް ރަޝީދު ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 1955 ވަނަ އަހަރު ވަޒީރުލް އައުޒަމްގެ ކާތިބުކަމުގެ މަގާމުންނެވެ. އޭނާ އަށް ވަނީ ދެވަނަ ޕެންޝަން 01 ޖެނުއަރީ 1996ގައި ލިބިވަޑައިގެންފަ އެވެ.
އިބްރާހީމް ރަޝީދު ފުރުއްވި ބައެއް މަގާމުތަކުގެ ތެރޭގައި ވަޒީރުލް އައުޒަމްގެ ސެކްރެޓަރީ ކަމާއި ބޯޓްސް އިކުއިޕްމެންޓް ގިއަރުގެ މެނޭޖަރުކަމާއި މަޖީދިއްޔަ ސްކޫލުގެ ނާޒިރުގެ އެހީތެރިޔާކަމާއި އެއާޕޯޓު އޮފީހުގެ ވެރިޔާގެ އެހީތެރިޔާކަމާއި ހއ. ގެ އަތޮޅުވެރިކަން ހިމެނެ އެވެ. މީގެ އިތުރުން އެއާޕޯޓުގެ އެސިސްޓެންޓް ޑިރެކްޓަރުކަމާއި މެރިން ޑިވިޝަންގެ ވަކީލުކަމާއި ކުރީގެ އެޓޯލްސް މިނިސްޓްރީގެ ވަކީލުކަމާއި ޑިރެކްޓަރުކަމާއި ޑިރެކްޓަރު ޖެނެރަލްކަން ހިމެނެ އެވެ. 23 މާޗް 2006ގައި ސަރުކާރުން ވަކިވެވަޑައިގެންނެވި އިރު ހުންނެވީ ހޯމް މިނިސްޓްރީގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރުކަމުގެ މަގާމުގަ އެވެ.
އުމުރުފުޅުން 79 އަހަރުގައި އަވަހާރަވިއިރު ހަ ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވި އެވެ. އެއީ ފިރިހެން ދެ ބޭފުޅުންނާއި ހަތަރު އަންހެން ބޭފުޅުންނެވެ. އަނބިކަނބަލުން ވަނީ އަވަހާރަވެފައެވެ.
އިބްރާހިމް ރަޝީދުގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ މަޣްރިބު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.