މުހައްމަދު މުސްތަފާ (ތިމަރަފުށި)

އަދީބަކީ މިސަރުކާރު ދަމަހައްޓަން މަސައްކަތްކުރާ އެންމެ ވަރުގަދަ އެއް ލީޑަރު: މުސްތަފާ

ޝަހީދާ އަބްދުﷲ ސައީދު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަކީ މިސަރުކާރު ދަމަހައްޓަން މަސައްކަތްކުރައްވާ އެންމެ ވަރުގަދަ އެއް ލީޑަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ ރޭގެ ވަގުތެއްގައި ކުރެއްވި ޓުވީޓެއްގައި ވަނީ އަދީބުއާ ކުޅެން ނޫޅުމަށް ވިދާޅުވެފައެވެ. ''އަދީބު އަންޑަސްޓިމޭޓްކުރަން ނޫޅޭތި'' މުސްތަފާގެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

އަދި ތިޔައުޅުއް ވަނީ ޖޭޕީ ވަރުގަދަކުރަން ނޫން ކަމަށާއި އަނެއްކާވެސް ބަޣާވާތެއް ކުރަން ކަމަށް ވެސް މުސްތަފާގެ ޓުވީޓުގައި ވިދާޅުވިއެވެ.

ރޭގެ ވަގުތެއްގައި މުސްތަފާ ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވީ އެމްޓީޑީގެ ލީޑަރު އަހުމަދު އަދީބަށް މަރުހަބާ ދަންނަވައި ވިދާޅުވެފައިވަނީ އެމްޓީޑީގެ ލީޑަރު ކަމަށް އަދީބު ގަބޫލުކޮށްގެން ނުވާނެ ކަމާއި އެހެންވެއްޖެނަމަ ޖޭޕީ ބަލިކަށިވާނެ ކަމާއި އަދި ޖޭޕީގައި ތިބި ހުރިހާ މަޖިލިސް މެންބަރުން އަދީބުކޮޅަށް އަރާނެކަމުގެ ބިރުއޮތްކަމަށް ޝަރީފުއަށް އިންޒާރު ދީފައިވާ ކަމަށެވެ.

އަދި އެކަމަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އެނގިގެން ކުރައްވާކަމެއް ނޫންކަމަށްވެސް މުސްތޮފާގެ ޓުވީޓުގައި ވެއެވެ.