ދުނިޔެ

ކްރިސްޗާޗްގެ ދެ މިސްކިތަކަށް ހަމަލާދީ 51 މީހުން މަރާލި މީހާ އުމުރު ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފި

މުހައްމަދު އައުޒަމް

ކްރިސްޗާޗްގެ ދެ މިސްކިތަކަށް ހަމަލާދީ 51 މީހުން މަރާލި މީހާ އުމުރު ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފިއެވެ.

މިދިޔަ އަހަރުގެ މާޗް މަހު ނިއުޒިލެންޑްގެ ކްރިސްޗާޗްގެ ދެ މިސްކިތަކަށް ހަމަލާ ދިން އޮސްޓްރޭލިއާގެ ބްރެންޓޮން ޓެރެންޓް ނަމަކަށް ކިޔާ މި މީހާ އުމުރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވާއިރު 51 މީހަކު މަރާލުމުގެ ކުށުގެ އިތުރުން އިތުރު 40 މީހުން މަރާލުމަށް ރާވަައި ޓެރަރިޒަމްގެ އަމަލު ހިންގި ކަމުގެ ކުށް އޭނާގެ މައްޗަށް ވަނީ ސާބިތު ވެފައެވެ.

ހުކުމް އިއްވަމުން ކްރިސްޗާޗްގެ ކޯޓުގެ އިސް ޖަޖް ކެމެރޮން މެންޑާ ވަނީ ޓެނަންޓް ގެ އަމަލަކީ އިންސާނިއްޔަތާ ހިލާފު އަމަލެއް ކަމަށާއި އޭނާއަކީ އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނެތް މީހެއްކަމަށް ވިދާޅުވެފައެވެ. ހުކުމް އިއްވަވަމުން ޖަޖްވަނީ ޓެނަންޓް އަށް މި ހުކުމް އިސްތިއުނާފުވެސް ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

މިއީ ނިއުޒިލެންޑުގައި މީހެއްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވި ފުރަތަމަ ފަހަރެވެ.

މުޅި ނިއުޒިލެންޑް ސިއްސުވާލި މިހާދިސާގައި ބްރެންޓޮން ޓެރެންޓް ވަނީ މިސްކިތްތަކަށް ވަދެ އޭނާ ބަޑިން ހަމަލާދިން މަންޒަރު އޭނާގެ ފޭސްބުކް މެދުވެރިކޮށްވެސް ލައިވްކޮށްފައެވެ.