ޝެއިޚް ޑރ. މުހައްމަދު އިޔާޒް

މިއުޒިކު ކުޅޭތަނެއްގައި އިމްރާނު ހުންނެވުމަކީ މިއުޒިކު ހުއްދަވުމެއް ނޫން: ޑރ. އިޔާޒު

ޝަހީދާ އަބްދުﷲ ސައީދު

މިއުޒިކު ޝޯއެއް ކުރިއަށްދާ ތަނެއްގައި ހޯމްމިނިސްޓަރު އައްޝައިޚު އިމްރާން އަބުދުﷲ ހުންނެވުމަކީ މިއުޒިކު ހުއްދަވުން ނޫން ކަމަށް އައްޝައިޚު ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒު މިހެން ވިދާޅުވީ ގެސްޓްހައުސް ސިމްޕޯޒިއަމް ނިންމުމުގެ ގޮތުން މިއުޒިކު ހަރަކާތްތަކާއެކު، ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އައްޝައިޚު އިމްރާން އަބްދުﷲ ބައިވެރިވެވަޑައިގަތުމާ ގުޅިގެން މީސް މީޑިއާގައި މީހަކު ކުރި ޓުވީޓެއް ރީ-ޓުވީޓު ކުރައްވަމުންނެވެ.

ޑރ. އިޔާޒުގެ ޓުވީޓުގައި ވިދާޅުވީ އެތަނުގައި އިމްރާން ހުންނެވުމަކީ މިއުޒިކު ހުއްދަވުން ނޫން ކަމަށާއި އެފަދަ މުންކަރާތް ހިންގާ ތަންތަނުގައި ހުރެގެން ނުވާނެ ކަމަށެވެ.

އަދި އެފަދަ ތަނަކުން މީހަކު ފެނުނަސް އެއާ ގުޅުވައިގެން ދީނަށް ފުރައްސާރަކޮށްގެން ނުވާނެ ކަމަށް އިޔާޒުގެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.