ތައިލެންޑުގެ ސައިންޓިސްޓުން ވާ ހިފައި ކޮވިޑަށް ޓެސްޓު ކުރަން ފަށައިފިއެވެ.
ކޮވިޑްގެ ވައިރަސް ފެތުރެން ފެށި ސަބަބު ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ތައިލެންޑުގެ ސައިންޓިސްޓުންގެ ޓީމެއް ވަނީ އެގައުމުގައި ވާ އުޅޭ ހޮހޮޅަތަކާއި ގަސްތަކުން ވާ ހިފައި ސާމްޕަލް ނެގުމުގެ މަސައްކަތް ފަށައިފައެވެ.
ކޮވިޑްގެ ވައިރަހާ ގާތްކުރާ ވައިރަހެއްގެ އަސަރު ހުރި ވާލެއް ޗައިނާގެ ޔުނާން ޕްރޮވިންސުން ވަނީ މީގެކުރިން ހޯދައިފައެވެ.
ތައިލެންޑުގެ ޓީމުން ވަނީ އެގައުމުގައި 19 ބާވަތެއްގެ ވާ ދިރިއުޅޭ ކަމަށާއި މިހާތަނަށް ކުރި ޓެސްޓުން އެއްވެސް ވާލެއްގެ ހަށިގަނޑުން ކޮވިޑްގެ އެއްވެސް އަލާމާތްތަކެއް ފެނިފައި ނުވާކަމަށް ބުނެފައެވެ.
ތައިލެންޑުގެ ޓީމުން ވަނީ މިހާތަނަށް 200 އެއްހާ ވާލުގެ ކުޅުގެ ސާމްޕަލްގެ އިތުރުން ލެއާއި ކުޑަކަމުދާ ތަކެތީގެ ސާމްޕަލް ނަގައި ވާތައް ދޫކޮށްލައިފައެވެ.
ޓީމުން ވަނީ ވައިރަސް ދަތުރުކުރާ މިންގަނޑަށް ބަލާއިރު ތައިލެންޑުގެ ވާލުން ވެސް ކޮވިޑް ފެންނާނެ ކަމަށް ބުނެފައެވެ. ސަބަބަކީ ވާވެސް އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުމާއި މިއީ އާބާދީ ބޮޑު ޖަނަވާރަކަށް ވާތީ އެވެ.