ކުއްލި ޚަބަރު

ރޯވެ، އަޑިއަށްދިޔަ ދޯންޏަކުން މީހަކު ގެއްލިގެން ހޯދަނީ

އަލީ ޔާމިން

ލ. ގަމު ތުނޑީގައި ކައިރީގައި އޮތް ދޯންޏެއްގައި ރޯވެ އަޑިއަށް ގޮސް އޭގައި ހުރި މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ދޯވެ އަޑިއަށް ގޮސްފައިވަނީ "ވިންދު" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެކެވެ. އަދި ދޯނީގައި އަލިފާން ރޯވިއިރު، އޭގައި ދިވެއްސަކާއި ނުވަ ބިދޭސީއަކު ތިއްބެވެ.

އެމްއެންޑީއެފުން ބުނީ، މިއަދު މެންދުރުފަހު 3:00 ޖަހާ އެހާކަންހާއިރު ރިޕޯޓްކުރި އެ ހާދިސާގައި ދޯނިން ދަތުރު ކުރި ބިދޭސީއަކު ގެއްލިފައިވާ ކަމަށާއި އޭނާ ހޯދުމަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓް ގާޑުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެގޮތުން ކަނޑުގެ ސާފޭސް ބަލަމުން އަންނައިރު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ވެސް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.