ޝަހީދާ އަބްދުﷲ ސައީދު
ގައުމުގެ ކަންކަމުގައި ސަރުކާރާ އެއްވަރަށް ކޮންމެ މީހެއްގެ ވެސް ޒިންމާއެއް ވާކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
ޝައިނީ މިހެން ވިދާޅުވެފައި ވަނީ ސުނާމީ ކާރިސާއަށް 14 އަހަރު ފުރުމާ ގުޅިގެން މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
ޝައިނީގެ ޓުވީޓުގައި އިތުރަށް ވިދާޅުވީ 2004 ގެ ސުނާމީ ކާރިސާގައި ދިވެހިން ދެއްކި އެއްބައިވަންތަކަމަކީ އަޅުގަނޑުމެން އަނެއްކާވެސް އެއްބައިވެ ސުލްހަވެރިކަމާއެކު ގައުމުގެ ކަންކަން ރަނގަޅުކުރެވޭނެ ކަމުގެ ހެއްކެއް ކަމަށެވެ.