ސްޓެލްކޯ

ހެންވޭރުގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިއްޖެ

މާލޭގެ ހެންވޭރުގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިއްޖެއެވެ.

ސްޓެލްކޯއިން ބުނީ މިރޭގެ ވަގުތެއްގައި ހެންވޭރުގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑުނީ ޓްރާންސްފޯމަރެއް ނިވިގެން ކަމަށެވެ.

ޓްރާންސްފޯމަރެއް ނިވިގެން ކަރަންޓު ކެނޑުނު ހިސާބުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.

މިމަހުގެ ތެރޭގައި މީގެ ކުރިންވެސް މިފަދަ މައްސަލަތަކެއް ދިމާވެގެން މާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓު ކެނޑިފައެވެ. ނަމަވެސް އޭރު މާގިނަ އިރުތަކެއް ނުވަނީސް ކަރަންޓު ކެނޑުނު ހިސާބުތަކަށް ސްޓެލްކޯއިން ވަނީ އަލުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީފައެވެ.