މުހައްމަދު އައުޒަމް
މަގާމާ ހަވާލުވިތާ މަހެއް ނުވަނީސް މެކްސިކޯގެ ގަވަރުނަރު ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާގައި މަރުވެއްޖެއެވެ.
މެކްސިކޯގެ ޕުއިބްލާގެ ގަވަރުނަރު ކަމަށް އުމުރުން 45 އަހަރުގެ އެލްސޯ އައްޔަން ކޮށްފައިވަނީ މިމަހުގެ 14 ވަނަ ދުވަހުގައެވެ.
މިހާދިސާ ހިނގާފައިވަނީ ހެލިކޮޕްޓަރު އެގައުމުގެ އޮފިޝަލުންނާއެކު ނައްޓާލިތާ ދިހަ ވަރަކަށް މިނެޓުތެރޭ ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެއެވެ. ހެލިކޮޕްޓަރު ވެއްޓެން މެދުވެރިވި ސަބަބު އަދި ހޯދިފައި ނުވާއިރު މިހާރު ވަނީ ތަހުގީގު ފަށައިފައެވެ. މިހާދިސާގައި ހެލިކޮޕްޓަރުން ދަތުރުކުރި އެންމެން ވަނީ މަރުވެފައެވެ.
މެކްސިކޯގެ ރައީސް ވަނީ މި ހާދިސާ ތަހުގީގުކޮށް ހެލިކޮޕްޓަރު ވެއްޓެން މެދުވެރިވި ސަބަބު ހޯދުމަށް ގޮވާލައިފައެވެ. އަދި މިހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ރައީސް ވަނީ ތައުޒިޔާ ކިޔައިފައެވެ.
މެކްސިކޯގައި ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާތައް ގިނަވެފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެއެވެ. 2011 ވަނަ އަހަރު އެގައުމުގެ އިންޓީރިއާ މިނިސްޓަރު ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެސް ވަނީ ވެއްޓިފައެވެ.