ދުނިޔެ

އިންޑޮނީޝިއާއަށް އެރި ސުނާމީގައި މަރުވި މީހުންގެ އަދަދު 429 އަށް އަރައިފި

މުހައްމަދު އައުޒަމް

އިންޑޮނީޝިއާއަށް އެރި ސުނާމީގައި މަރުވި މީހުންގެ އަދަދު 429އަށް އަރައިފިއެވެ.

އިންޑޮނީޝިއާގެ ސުމަޓްރާ އާއި ޖާވާ އައްސޭރިފަށުގެ ރަށްތަކަށް އެރި ސުނާމީގައި މިހާތަނަށް 429 މަރުވެފައިވާއިރު 150 މީހުން ގެއްލިފައިވާ ކަމަށާއި މަރުވެފައިވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް އެގައުމުގެ އޮފިޝަލުން ލަފާކުރެ އެވެ.

މި ސުނާމީ އެރީ އެ ސަރަހައްދުގައި ހުރި އަލިފާން ފަރުބަދައެއް ގޮވުމުގެ ސަބަބުން ކަމަށް ސައިންސްވެރީން ވަނީ ބުނެފައެވެ. އަދި ފަރުބަދަ ގޮވުމުގެ ތެރޭގައި ފަރުބަދައިގެ ބައެއް ކަނޑަށް ވެއްޓިފައިވާ ކަމަށާއި މިކަމުގެ ސަބަބުން ސުނާމީގެ ރާޅުތައް ބޮޑުވެފައިވާ ކަމަށް ވަނީ ލަފާކޮށްފައެވެ.

އިންޑޮނީޝިއާއަށް ސުނާމީ އަރަން މެދުވެރިވި އަލިފާން ފަރުބަދަ ގޮވާ ވީޑިއޯ

ސުނާމީ އެރުމާއިއެކު އެސަރަހައްދުން 16،000 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާ ކަމަށް އެގައުމުގެ ނޫސްތަކުން ބުނެއެވެ.

އިންޑޮނީޝިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ އައްސޭރިފަށުގެ ސަރަހައްދުތަކަށް ނުދިއުމަށް ސުނާމީ އެރިސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އަންގާފައެވެ. އަދިވެސް ފަރުބަދައިގެ ގޮވުންތައް ހުއްޓިފައި ނުވާއިރު އަޅި އާއި ދުން އަރަމުން ދާކަމަށް ނޫސްތަކުން ބުނެއެވެ.