އެމްއެންޑީއެފް

މާރިޔާ އާއި ޝަމާލް، އެމްއާރުސީސީ އާއި ފަޔަރ ޓްރޭނިން ސްކޫލަށް ޒިޔާރަތްކުރައްވައިފި

ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް، ވިލިނގިލީގައި ގާއިމުކޮށްފައިވާ އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސްގެ ފަޔަރ ޓްރޭނިން ސްކޫލަށް މިއަދު ހަވީރު ޒިޔާރަތް ކުރައްވައިފިއެވެ.

ޑިފެންސް މިނިސްޓަރު މާރިޔާއާއި ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް، އެމްއާރުސީސީ އާއި ފަޔަރ ޓްރޭނިންގ ސްކޫލަށް ޒިޔާރަތް ކުރެއްވުމުން މަރުހަބާ ދެންނެވީ އެމްއެންޑީއެފް ކޯސްޓްގާޑު ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް އަލީ ޒުހައިރާއި ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމާންޑަރ ކާނަލް އަބްދުﷲ ޒުހުރީއެވެ.

މި ޒިޔާރަތުގައި އެމްއާރުސީސީގައި ކުރެވެމުންދާ މަސައްކަތްތައް ބައްލަވާލައްވައި ހާދިސާއެއް ހިނގައިފި ނަމަ އަމަލު ކުރާ ގޮތްތަކާ ގުޅޭ ގޮތުން ވަނީ މައުލޫމާތު އޮޅުންފިލުއްވައިފައެވެ. އަދި އެމްއާރުސީސީގައި މަސައްކަތް ކުރާ ސިފައިންނާ ބައްދަލުކުރައްވާ ދިމާވާ ދަތިތަކާ ގުޅޭ ގޮތުން ވަނީ މައުލޫމާތު އޮޅުންފިލުއްވައިފައެވެ.

މި ޒިޔާރަތުގައި ފަޔަރ ޓްރޭނިންގ ސްކޫލްގައި ހިންގާ ބައެއް ކޯސްތަކާއި ކޯސްތައް ހިންގުމުގައި ދިމާވާ ދަތިތަކުގެ އިތުރުން ކޯހުގެ ތެރޭގައި ކުރިއަށްގެންދާ އެކްސަސައިޒްތައް ކުރިއަށްގެންދާ ގޮތްތަކާ ގުޅޭ ގޮތުން ވަނީ މައުލޫމާތު އޮޅުންފިލުއްވައިފައެވެ. އަދި ފަޔަރ ޓްރޭނިންގ ސްކޫލުގައި މަސައްކަތްކުރާ ސިފައިންނާ ބައްދަލުކުރައްވާ ދިމާވާ ދަތިތަކާ ގުޅޭ ގޮތުން މައުލޫމާތު އޮޅުންފިލުއްވާފައިވެއެވެ.