ޗެކްރިޕަބްލިކްގައި މައިނެއްގޮވައި 13 މީހުން މަރުވެއްޖެއެވެ.
ޗެކްރިޕަބްލިކްގެ ކަރވިނާގައި ހިނގި މިހާދިސާގައި މަރުވެފައި ވަނީ ޕޮލެންޑްގެ 11 މީހަކާއި ޗެކްރިޕަބްލިކްގެ ދެމީހެއް ކަމަށް އެމައިނު އޮޕަރޭޓްކުރާ ކުންފުނިން މައުލޫމާތު ދެއެވެ. މައިން ގޮވި ހާދިސާގައި އިތުރު 10 މީހަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ. އަނިޔާވި މީހުންގެ ތެރެއިން އެކެއްގެ ހާލު ސީރިޔަސް ކަމަށް މައުލޫމާތު ލިބެއެވެ.
މައިނު އޮޕަރޭޓްކުރާ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރު ބުނީ މައިނުގައި ހިނގި ގޮވުމުގައި މީހުން ސަލާމަތް ކުރުމަށް އެންމެ ބޮޑު ދައްޗެއް ކުރިމަތިވެގެން ދިޔައީ މައިނުގެ ހާލަތާއި ސަލާމަތީ ކަންކަން ހުރި ގޮތުން ކަމަށެވެ. އޭނާ ބުނީ މައިނުގެ އެތެރެއަށް ވަދެވޭ ވަރު ވީ އެތައް ގަޑިއިރެއްވީ ފަހުން ކަމަށެވެ.