މުހައްމަދު އައުޒަމް
ގެޓްވިކް އެއާޕޯޓު ސަރަހައްދުގައި ޑްރޯން އެރުވި ދެމީހުން ހައްޔަރު ކޮށްފިއެވެ.
ގެޓްވިކް އެއާޕޯޓު ހުއްޓުމަކަށް ގެނައި މިހާދިސާ ހިނގުމަށް މެދުވެރިވީ ގޮތްނޭނގޭ ޑްރޯން ތަކެއް ގެޓްވިކް އެއާޕޯޓު ސަރަހައްދު މަތިން އުދުހެން ފެށުމުންނެވެ. އެއާޕޯޓް މަތިން ޑްރޯން އުދުހޭ ކަމުގެ މައުލޫމާތު ލިބުމާއެކު އިނގިރޭސި ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ. އަދި ގެޓްވިކް އެއާޕޯޓުގެ އޮޕަރޭޝަންގެ ޚިދުމަތްތައް ވަނީ ވަގުތީ ގޮތުން ހުއްޓުވައިފައެވެ. މިކަމުގެ ސަބަބުނެ 140،000އަށް ވުރެ ގިނަ މީހުންނަށް މިކަމުގެ ސީދާ އަސަރު ކުރިއެވެ. އެތައް ހާސް ބަޔަކު ނުފުރި އެއާޕޯޓުގައި ތާށިވެފައި ވެއެވެ. އަދި އެއާޕޯޓަށް ޖައްސަން އައި އެތައް ފްލައިޓެއް އެތައް ހާސް ފަސިންޖަރުންނާ އެކު ވަނީ އެހެން އެއާޕޯޓް ތަކަށް ޑައިވާޓް ކޮށްފައެވެ.
އިނގިރޭސި ފުލުހުން ވަނީ ޑްރޯން އެރުވި މައްސަލައިގައި އަަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށް ސުވާލުކުރަން ފަށާފައިވާކަމަށް ބުނެފައެވެ. އަދި ގަވާއިދާއި ހިލާފަށް ޑްރޯން އެއާޕޯޓު ހުންނަ ސަރަހައްދަށް އެރުވި މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.