އަލީ ޔާމިން
ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ހުރަވީ ސްކޫލުގެ ސީނިއާ މެނޭޖުމަންޓުގެ ބޭފުޅެއް ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ މާލޭ ސަރަހައްދުގެ ސްކޫލެއްގެ ސީނިއާ މެނޭޖުމެންޓުގެ ބޭފުޅަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އޭނާއަކީ މި ހަފުތާ ތެރޭގައިވެސް ސްކޫލަށް ގޮސް އުޅުނު މީހެއް ކަމަށެވެ. އަދި އޭނާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން މިހާތަނަށް ފާހަގަކުރެވިފައިވަނީ ތިން މީހުން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ، ބައްޔަށް ޕޮޒިޓިވްވެފައިވަނީ ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލުގެ ސީނިއާ މެނޭޖުމެންޓްގެ ބޭފުޅެއް ކަމަށެވެ.
ޕޮޒިޓިވްވި މީހާ ސްކޫލަށް ގޮސް އުޅުމުގެ ތެރޭގައިވެސް އޭނާ އުޅެފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކަމަށެވެ. އެގޮތުން މާސްކު އަޅައި އިޖުތިމާއީ ގައިދުރުކަން ބަހައްޓާފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި ބައްޔަށް ޕޮޒިޓިވްވެފައިވަނީ ހުރަވީ ސްކޫލުގެ ޕްރިންސިޕަލެވެ.