ޝެއިޚް ޑރ. މުހައްމަދު އިޔާޒް

އަމިއްލަ އިއުތިރާފުން ރިޝްވަތު ފައިސާ ބެހި ކަމަށް ބުނާ އިރު އެހާފަސޭހައިން މަތިޖެހިގެން ނުވާނެ: ޑރ. އިޔާޒް

1

އިސްލާމް ދީނުގައި ޝަރީއަތް ކުރެވޭނީ ބޭރުފުށަށް ކަމަށާއި އޭނާގެ އަމިއްލަ އިއުތިރާފުން ރިޝްވަތު ފައިސާ ބެހި ކަމަށް ބުނާ އިރު އެ މައްސަލަ ތިޔަހާ ލުއިގޮތަކަށް މަތިޖެހިގެން ނުވާނެ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުލް ލަތީފް ވިދާޅުވެއްޖެ އެވެ.

ޑރ. އިޔާޒު މިހެން ވިދާޅުވީ ރޭ ފަތިހު އޭނާ ކުރެއްވި ޓުވީޓެއްގަ އެވެ.

"ގައުމު އިސްލާހު ކުރެވޭނީ ރިޝްވަތުގެ ވަބާ ފޮހެލައިގެން. މޫނަކަށް ކަނދުރާއަކަށް ބެލުމެއް ނެތި ފިޔަވަޅު އަޅުއްވާ!" ޑރ. އިޔާޒްގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.

ޑރ. އިޔާޒް މި ގޮތަށް ޓުވީޓު މި ކުރެއްވީ އެމްއެމްޕީއާރްސީގެ ފައިސާގެ މައްސަލައިގައި ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް އޭސީސީއަށް ދެއްވި ބަޔާނާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މުހައްމަދު އިސްމާއީލް ކުރީން ވިދާޅުވެފައި ވަނީ އެމްއެމްޕީއާރްސީގެ ފައިސާ، ގޯނި ގޯންޏަށް އަޅުއްވައިގެން އެމްޑީޕީގެ މެންބަރުންނަށް ބައްސަވަން އުޅުއްވީ އޭނާ ކަމަށެވެ. އެހެން ނަމަވެސް އެ މައްސަލައިގައި އޭސީސީއަށް ދެއްވި ބަޔާނުގައި އޭނާ ވިދާޅުވެފައި ވަނީ ގޯނި ގޯންޏަށް އެ ފައިސާ އަޅައިގެން ބެއްސެވި ކަމަށް ވިދާޅުވެ ދެއްކެވީ އެއްވެސް ހަގީގަތެއް ނެތް ސިޔާސީ ވާހަކައެއް ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟