ޒިމްބާބްވޭ ކުރީގެ ފަސްޓް ލޭޑީ ހައްޔަރުކުރުމުގެ އަމުރު ނެރެފިއެވެ.
ޒިމްބާބްވޭ ކުރީގެ ފަސްޓް ލޭޑީ ގްރޭސް މުގާބޭ ހައްޔަރުކުރުމުގެ އަމުރުނެރެފައި މިވަނީ 2017 ވަނަ އަހަރު އެގައުމުގެ މޮޑެލް އަކަށް ހަމަލާދިން މައްސަލައިގެ ތަހުގީގަށެވެ.
ގްރޭސް މުގާބޭ ހައްޔަރުކުރުމުގެ އަމުރު ނެރެފައިވާ ކަމަށް އެގައުމުގެ ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.
ފުލުހުން ވަނީ ގްރޭސް މުގާބޭ ހައްޔަރުކުރުމުގެ އަމުރު ނެރުމާއެކު އިންޓަޕޯލްގެ އެހީއަށް އެދިފައިވާ ކަމަށް ބުނެފައެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ބަގާވާތަކުން ޒިމްބާބްވޭގެ ސަރުކާރު ވައްޓާލުމުން ގްރޭސް މުގާބޭ ވަނީ އާއިލާއާއެކު ގައުމު ދޫކުރައްވައި ވަޑައިގެންފައެވެ.