މުމަބާއީން ކަލްކަޓާ އަށް ދަތުރުކުރަން ތައްޔާރުވެފައި ވަނިކޮން އިންޑިގޯ ފްލައިޓަކުން ސަލާމަތީބާރުތައް މެދުވެރިކޮށް ފަސިންޖަރަކު ބާލައިފި އެވެ. އޭރު އިންޑިގޯ އެއަރލައިން ގެ ފްލައިޓު އޮތީ ފުރަން ތައްޔާރުވެފައެވެ.
ބައެއް ރިޕޯޓުތައް ބުނާގޮތުން އެމީހާ ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ. އަދި އޭނާ އެހާލުގައި ހުރެ ފޯން ޗާޖު ކުރަން ކޮކްޕިޓަށް ވަނީ ކަމަށެވެ. ފްލައިޓު ކްރޫއިން ވާހަކަ ދައްކައިގެން ވެސް އޭނަގެ މައްސަލަ ހައްލު ނުކުރެވުމުން އޭނާ ފްލައިޓުން ބޭލި އެވެ. ފްލައިޓުގެ އޮޕަރޭޝަން ގައިޑްލައިނާއި އެއްގޮތަށް ސަލާމަތީ ސަބަބަކަށް ޓަކައި އޭނާ ފްލައިޓުން ބާލަން ޖެހުނީ ކަމަށް އޮފިޝަލުން މަޢުލޫމާތު ދިނެވެ.
އިންޑިއާގެ މީޑިއާތަކުން މަޢުލޫމާތު ލިބޭ ގޮތުން އިންޑިއާގެ ފުލުހުން އެމީހާ އާއި ސުވާލު ކުރުމަށްފަހު މިހާރު ބަންދުން ދޫކޮއްފައިވާކަމުގައިއެވެ.