ދުނިޔެ

ފާއިތުވި 24 ގަޑިއިރުތެރޭ އިންޑިއާއިން 19،906 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

މުހައްމަދު އައުޒަމް

ފާއިތުވި 24 ގަޑިއިރުތެރޭ އިންޑިއާއިން 19،906 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

އިންޑިއާގެ ޔޫނިއަން ހެލްތު މިނިސްޓްރީން ވަނީ އެގައުމުގައި މިހާތަނަށް ފަސް ލައްކަ އަށްވުރެން ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވެ ވެފައިވާކަން ހާމަކޮށްފައެވެ. ފާއިތުވި 24 ގަޑިއިރު އިންޑިއާއިން 410 މީހުން މިބަލީގައި މަރުވެފައިވާއިރު އެގައުމުގައި މިހާތަނަށް 16 ހާހަށްވުރެ ގިނަ މީހުން މި ބަލީގައި މަރުވެފައި ވެއެވެ.

އިންޑިއާ އަކީ މިހާރު ދުނިޔޭގެ ހަތަރު ވަނައަށް އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވި ގައުމެވެ. އެ ގައުމުގައި މިހާރުވެސް ދެ ލައްކައަށް ވުރެން ގިނަ މީހުން ކޮވިޑަށް ފަރުވާ ހޯދަމުން ދާއިރު މިހާތަނަށް އެގައުމުން 3،09،712 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ވެރި ރަށް ދިއްލީ އަކީ އިންޑިއާގައި ކޮވިޑް އެންމެ ހަލުވިކޮށް ފެތުރެމުންދާ ސިޓީއެވެ. އެސިޓީ އިން އެކަނި 80 ހާހަށްވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާއިރު 2558 މީހުން ހަމައެކަނި އެސިޓީން މަރުވެފައި ވެއެވެ.