ދުނިޔެ

ކޮވިޑް އައިސް އެމެރިކާ ކުޑަކަކޫ މައްޗަށް ތިރިކޮށްފި: ސީޑީސީ

މުހައްމަދު އައުޒަމް

ކޮވިޑް އައިސް އެމެރިކާ ކުޑަކަކޫ މައްޗަށް ތިރިކޮށްފި ކަމަށް އެގައުމުގެ ސެންޓަރ ފޯ ޑިޒީސް ކޮންޓްރޯލް އިން ބުނެފިއެވެ.

އެމެރިކާގެ ސެންޓަރ ފޯ ޑިޒީސް ކޮންޓްރޯލްގެ ޑިރެކްޓަރު ޑރ ރޮބާޓް ރެޑްފިލްޑް އެމެރިކާގެ ހައުސް އެނާޖީ އެންޑް ކޮމާސް ކޮމިޓީގެ އަޑުއެހުމެއްގައި ވިދާޅުވީ އެމެރިކާއިން 7 ޓްރިލިއަން ޑޮލަރު ކުޑަކުޑަ ވައިރަހެއްގެ ސަބަބުން އިންވެސްޓު ކުރަން ޖެހިފައިވާ ކަމަށެވެ.

ރެޑްފިލްޑް ވަނީ އެމެރިކާގެ ސިޓީތަކުގެ ދެބައިކުޅަ އެއްބައި ސިޓީގައި ނުރައްކާވާ ދަރަޖައަކަށް ކޮވިޑް ފެތުރިފައިވާކަން ފާހަގަކުރައްވައިފައެވެ.

ނޭޝަނަލް އިންސްޓްޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒްގެ ޑިރެކްޓަރު ޑރ. އެންތަނީ ފައުސީ ވެސް ވަނީ އެމެރިކާއިން ކޮވިޑް ފެތުރުން ހުއްޓުވަން ކުރާ މަސައްކަތުގެ ނަތީޖާއާ މެދު ވާހަކަ ދައްކައިފައެވެ. ފައުސީ ވަނީ އެމެރިކާ ރައްޔިތުން ގިނަ މީހުން އެއްވާ ތަންތަނަށް ދިއުން ހުއްޓާލަން އަންގައިފައެވެ. އަދި ގައިދުރުކަމަށް ސަމާލުކަންދީ މާސްކު އެޅުމަށްވެސް އޭނާވަނީ އަންގައިފައެވެ.

އެމެރިކާގެ 2.3 މިލިއަނަށްވުރެން ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އެގައުމުން ވަނީ ލައްކައަކަށްވުރެ ގިނަ މީހުން މިބަލީގައި މަރުވެފައެވެ.