ކުއްލި ޚަބަރު

ރައީސް ޔާމީނަށް އިންސާފުވެރި ޝަރީއަތެއް ހޯދަން މަސައްކަތްކުރަން ޖެހޭ: ޑރ. ވަހީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް އިންސާފުވެރި ޝަރީއަތެއް ހޯދަން މަސައްކަތްކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޑރ. ވަހީދު ވިދާޅުވީ ޑިމޮކްރަސީ، ޑިމޮކްރަސީއަކަށް ވާނީ ރައްޔިތުން ބަލައިގަންނަ ޑިމޮކްރަސީއަކަށް ޑިމޮކްރަސީވެގެން ކަމަށެވެ.

ދިވެހިރާއްޖޭގައި ރައްޔިތުންނަކީ އަދުލު އިންސާފަށް ލޯބިކުރާ ބައެއް. އަދުލު އިންސާފަކީ އެއީ ހުރިހާ އެންމެންނަށް ހަމަހަމަގޮތެއްގައި ލިބެންޖެހޭ އެއްޗެއް. އެގޮތުން މިރޭ، މި ޕާޓީގެ ކޯލިޝަންގެ ޒައީމް، ކުރީގެ ރައީސް، ރައީސް ޔާމީން ވަރަށް އަނިޔާވެރި ގޮތެއްގައި މިހާރު އެ ހުންނެވީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަހީދު ވިދާޅުވީ މިހާ ދަތި ދުވަސްވަރެއްގައި، ރާއްޖެއަށް މިހާ ބޮޑު މުސީބާތެއް ކުރިމަތިވެފައިވާ ވަގުތެއްގައި، ރާއްޖެއަށް އެހާ ބޮޑު ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅަކު އެ ހުންނެވީ ބަންދުގައި ކަމަށާއި ރައީސް ޔާމީން ބަންދުކުރީ އެއްވެސް އިންސާފެއް ނެތި ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ކަމަށެވެ.

"ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އިންސާފެއް ނެތި. އެހެންވީމާ އަޅުގަނޑުމެން އެބަ މަސައްކަތްކުރަން ޖެހޭ އެމަނިކުފާނަށް އަދުލުވެރި އިންސާފު ލިބޭތޯ. ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ އަދުލުވެރިކަމެއް އެބޭފުޅާއަށް ވެސް ލިބޭތޯ." ޑރ. ވަހީދު ވިދާޅުވިއެވެ.