ދުނިޔެ

ކޭ-ޕޮޕް ފޭނުންނާއި ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކުން ޓްރަމްޕް ލަދުގަންނަވާލައިފި

މުހައްމަދު އައުޒަމް

ކޭ-ޕޮޕް ފޭނުންނާއި ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކުން ޓްރަމްޕް ލަދުގަންނަވާލައިފިއެވެ.

އެތައް މަސްތަކަކަށް ފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭއްވި ކެމްޕެއިން ރެލީއަށް ދާނެކަމަށް އުއްމީދު ކުރިވަރާ ގާތަށްވެސް މީހުން ނުދިއުމުން ޓްރަމްޕް ވަނީ އެކަން ފާހަގަކުރައްވައިފައެވެ. ޓްރަމްޕް ވިދާޅުވީ މިލިއަނަކަށް ވުރެން ގިނަ މީހުން އެ ރެލީ އަށް ދާނެ ކަމަށް އުންމީދު ކުރެއްވި ކަމަށެވެ.

ޓްރަމްޕުގެ ރެލީ އަށް ހާޒިރުވެފައިވަނީ 6200 ވަރަކަށް މީހުން ކަމަށް އޮފިޝަލުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމެރިކާގެ އެކި ކަންކޮޅުތަކުން ގިނަ ޒުވާނުންތަކެއް މިރެލީ އަށް ޓިކެޓު ނެގި ނަމަވެސް ހާޒިރުވެފައެއް ނުވެއެވެ. އެކަމަކު ކޭ-ޕޮޕް ފޭނުންނާއި ޓިކްޓޮކް ބޭނުންކުރާ ފަރާތްތައް ގިނަ އަދަދަކަށް ރިޒަވޭޝަން ހަދައި ޓިކެޓުވެސް ނަގާފައި ވެއެވެ.

ޓްރަމްޕްގެ ކެމްޕެއިން ރެލީ ބާއްވާފައިވާ ތަނުގެ އެތެރޭގައި 19،000 ގޮނޑި ޖަހާފައިވާއިރު އެތަނުގެ ބޭރުގައިވެސް އެތައް ހާސް ގޮނޑި ޖަހާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މީސްމީޑިއާގައި ގިނަބަޔަކު ވަނީ ޓްރަމްޕް ގެ ރެލީއާ ދިމާކޮށް ގިނަ އަދަދެއްގެ ފޭކު ޓިކެޓުތަކެއްވެސް ދައުރުކޮށްފައިވާ ކަމަށް ބުނެފައެވެ. އެގޮތުން ޓިކްޓޮކް މެދުވެރިކޮށް ހިލޭ ޓިކެޓު ދޫކުރުމަށް ވީޑިއޯއެއް ދައުރުކޮށްފައެވެ. މިވީޑިއޯއަށް ވަނީ ހަތް ލައްކައަށްވުރެން ގިނަ މީހުން ލައިކް ދީފައެވެ.

ކޮރެއާގެ ކޭ-ޕޮޕް ފޭނުން ވަނީ ދާދިފަހުން އެގައުމުގައި ކުރިޔަށް ދިޔަ ނަސްލީ ތަފާތުތަކާ ދެކޮޅު ހަރަކާތާ ގުޅޭ ހޭޝްޓެގެއް މެދުވެރިކޮށް ގިނަ ކެމްޕެއިންތަކެއް ގެންގޮސްފައެވެ.

މިރެލީ އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވި ހަ މީހަކު ރެލީ ފެއްޓުމުގެ ގަޑިއެއްހާއިރު ކުރިން ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަމަށް އޮވެސް ފިޝަލުން ވަނީ ބުނެފައެވެ.