އެންޓި ކޮރަޕްޝަން ކޮމިޝަން

އޭސީސީން ނަސަންދުރާގެ މައްސަލަ އަލުން ބަލަނީ

މަރިޔަމް ޝަހުދާ

ނަސަންދުރަ ޕެލަސް ހޮޓެލް ގާނޫނާ ހިލާފަށް ކުއްޔަށް ދީފައިވާ ކަމަށް ބުނާ މައްސަލަ އަލުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފިއެވެ.

އޭސީސީއިން މި މައްސަލަ އިތުރަށް ތަހުގީގު ކުރަން ފެށީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ނަސަންދުރަ ޕެލަސް ހޮޓެލް ގާނޫނާ ހިލާފަށް ދިން ކަމަށް ބުނާ މައްސަލާގައި ޖިނާއީ ދައުވާއެއް ކުރެވެން ނެތްކަމަށް ބުނެ ޕީޖީއިން އެ މައްސަލަ އަނބުރާ ފޮނުވާލުމުންނެވެ.

2010 ވަނަ އަހަރުގެ ތެރެއިން ނަސަންދުރަ ޕެލަސް ހޮޓަލް ލީސް އުސޫލުގެ ދަށުން ދޫކުރުމަށް ޓުއަރިޒަމް މިނިސްޓްރީއާއި އަމިއްލަ ކުންފުންޏަކާ އަށް އަހަރުދުވަހުގެ މުއްދަތަކަށް ސޮއި ކޮށްފައިވެއެވެ. އެ އެއްބަސްވުމުގައިވާ ގޮތުން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި އަށް ލައްކަ ޑޮލަރު އެމްއެމްއޭއަށް ދައްކާފައިވާކަން އެނގޭ ކަމަށް އޭސީސީއިން ބުނެއެވެ.