ކޮވިޑްގެ ކޭސްތައް އިތުރުވުމާއެކު ޓަމިލްނާޑޫ ސްޓޭޓްގެ ވެރިކަންކުރަން ސިޓީ، ޗެންނާއީ އަނެއްކާވެސް ލޮކްޑައުން ކޮށްފިއެވެ.
12 ދުވަހުގެ މުއްދަތަކަށް ލޮކްޑައުން ކޮށްފައިވަނީ ޗެންނާއީގެ އިތުރުން ޓަމިލްނާޑޫ ސަރަހައްދުގެ ކަންޗީޕުރަމް އާއި ޗެންގަލްޕައްޓުގެ އިތުރުން ތިރުވައްލު ޑިސްޓްރިކްޓްއެވެ.
ޗެންނާއީގައި މިމަހުގެ 19 އިން ފެށިގެން 30 ވަނަ ދުވަހާ ދެމެދު ލޮކްޑައުން ކުރާނެކަމަށް މިމަހުގެ 15 ވަނަ ދުވަހު ވަނީ އިއުލާން ކޮށްފައެވެ.
ކުރިޔާލައި ލޮކްޑައުން އިއުލާން ކުރުމާއެކު އެސަރަހައްދުތަކުގެ ރައްޔިތުން ވަނީ ގެޔަށް ބޭނުންވާ މުދަލާއި އެހެނިހެން ސާމާނު އެއްކުރުމަށް މަގުތައް ފުރާލައިފައެވެ. އަދި ކައިރީގައި ހުންނަ ސިޓީތަކަށް ދަތުރު ކޮށް ބޭނުންވާ ތަކެތި ހޯދުމުގެ މަސައްކަތް ފެށިއެވެ.
12 ދުވަހުގެ ލޮކްޑައުން އަށް އިއްޔެ އަމަލުކުރަން ފަށާފައިވާއިރު ހެނދުނު 8 އިން މެންދުރުފަހު 2 ޖެހުމާ ދެމެދު ފިހާރަތަކަށް ޑެލިވަރީގެ ހިދުމަތް ދިނުމަށް ހުއްދަ ދީފައި ވެއެވެ.
ޗެންނާއީގައި ކޮވިޑް ފެތުރިފައިވާތީ 64 ސަރަހައްދެއް ވަނީ ހަރުކަށި ފިޔަވަޅުތަކާއެކު ބަންދުކޮށްފައެވެ. ޗެންނާއީގެ ހާލަތު ގޯސްވެފައިވާއިރު އެގައުމުން ބުރާސްފަތިދުވަހު އެކަނިވެސް ކޮވިޑްގެ 2141 ކޭސް ފެނިފައި ވެއެވެ.