ކުއްލި ޚަބަރު

އިސްދޫގައި ދުއްވާފައި ދިޔަ ފުލުހުންގެ ވެހިކަލެއް ފުރޮޅާލައި ދެ ފުލުހަކަށް އަނިޔާވެއްޖެ

އަލީ ޔާމިން

ލ. އިސްދޫގައި ދުއްވާފައި ދިޔަ ފުލުހުންގެ ވެހިކަލެއް ފުރޮޅާލައިފިއެވެ.

އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން އިސްދޫ ކައުންސިލްގެ ރައީސް އިބްރާހީމް ހަލީލް މިރޭ ވަނީ "ވަން"އަށް ކަށަވަރުކޮށްދެއްވައިފައެވެ.

އިތުބާރު ހިފޭ މަސްދަރަކުން "ވަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުޅޮލާފައިވަނީ ޖިޕެކެވެ. އަދި އެ ޖިޕް ފުރޮޅާލައިފައިވަނީ ކޮންޓްރޯލް ނުވެގެން މިރޭގެ 7:45 ހާއިރު ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ޖިޕް ފުރޮޅާލިއިރު އޭގައި ދެ ފުލުހުން ތިބިއިރު އެ ދެ ފުލުހުންނަށްވެސް ވަނީ އެކިވަރުގެ އަނިޔާވެފައެވެ. ނަމަވެސް ސީރިއަސް އަނިޔާއެއް ވެފައެއް ނުވެއެވެ. އެ ދެ ފުލުހުންނަށް މިހާރު އަންނަނީ އިސްދޫ ސިއްހީ މަރުކަޒުގައި ފަރުވާދެމުންނެވެ.

އެނގިފައިވާ ގޮތުގައި އެ ޖިޕް ކޮންޓްރޯލް ނުވެގެން ގޮސް ޖެހިފައިވަނީ ރުކެއްގައެވެ.