ދުނިޔެ

ނިއުޒިލޭންޑް ކޮވިޑުން ސަލާމަތްވެ ގައުމު ހުޅުވާލިފަހުން ބަލިޖެހިފައިވާ ދެމީހަކު ފެނިއްޖެ

މުހައްމަދު އައުޒަމް

ނިއުޒިލޭންޑް ކޮވިޑުން ސަލާމަތްވެ ގައުމު ހުޅުވާލިފަހުން ބަލިޖެހިފައިވާ ދެމީހަކު އަނެއްކާވެސް ފެނިއްޖެއެވެ.

ކޮވިޑްގެ އެއްވެސް ކޭސްއެއް ނުފެނި 24 ދުވަސް ފަހުން ނިއުޒިލެންޑުން ފެނިފައި މިވާ ކޭސްތަކަކީ ދާދި ފަހުން ޔޫކޭއިން އެގައުމަށް އެތެރެވެފައިވާ ޔޫކޭ ދެމީހެއްގެ ފުށުން ފެނިފައިވާ ދެ ކޭސް އެވެ.

ނިއުޒިލެންޑުން އަލަށް ޕޮޒިޓިވް ވެފައިވަނީ 30 އަހަރުގެ އިތުރުން 40 އަހަރުގެ އަންހެނެކެވެ. މި ދެމީހުންވެސް ނިއުޒިލެންޑަށް އެތެރެވެފައިވަނީ މިމަހުގެ ހަތްވަނަ ދުވަހުއެވެ. މިދެމީހުން ބައިތިއްބާފައިވަނީ އޯކްލޭންޑްގެ އައިސޮލޭޝަން ފެސިލިޓީއެއްގައެވެ. ދާދިފަހުން މިދެމީހުންނަށް ވަނީ އާއިލާ ބައެއްގެ ކައިރިޔަށް ދިއުމުގެ ހުއްދަވެސް ދީފައެވެ.

ނިއުޒިލެންޑަކީ ކޮވިޑް ފެތުރެން ފެށިފަހުން މުޅި ދުނިޔެއިންވެސް އެންމެ ފުރަތަމަ ގައުމު އެއްކޮށް ހުޅުވާލި ހަމައެކަނި ގައުމެވެ. ނިއުޒިލެންޑުގެ ބޮޑުވަޒީރު ޖެސިކާ އާޓެން ވެސް ވަނީ ބޭރުގައުމުތަކުގައި ތިބި އެގައުމުގެ މީހުން ގައުމަށް އެނބުރި ދާން ފެށުމުން އިތުރު ކޭސްތައް ފެންނާނެކަމުގެ ބިރުއޮތް ކަމަށް ވިދާޅުވެފައެވެ.

ނިއުޒިލޭންޑުން މިހާތަނަށް ކޮވިޑަށް ޕޮޒިތިވް ވި މީހުންގެ އަދަދު 1506 އަށް އަރާފައިވާއިރު އެގައުމުން 22 މީހަކު ވަނީ މިބަލިން މަރުވެފައެވެ.