ޗައިނާގެ ބިލިނިއަރަކު ކިޑްނެޕް ކުރަން އުޅުނު ފަސް މީހަކު ހައްޔަރު ކޮށްފިއެވެ.
ޗައިނާގެ މަޝްހޫރު ބިލިއަނަރު ހީ ޒިއަންޖިއަން ދިރިއުޅޭ ލަގްޒަރީ ވިލާއަށް ވަދެ އޭނާ ކިޑްނެޕް ކުރަން މަސައްކަތް ކުރުމުން ހީގެ ދަރިފުޅު ވަނީ ފުލުހުންގެ އެހީތެރިކަން ހޯދައިފައެވެ.
ޗައިނާގެ ގުއަން ޑޮންގް ޕްރޮވިންސްގައި ހުންނަ ހީގެ ލަގްޒަރީ ވިލާއަށް އެމީހުން ވަނުމާއެކު ހީގެ ދަރިފުޅުވަނީ ވިލާ ކައިރީގައި އޮތް ކޯރެއް ހުރަސްކޮށް ފުލުހުންގެ ސަމާލުކަމަށް މިކަން ގެނެސްފައިކަމަށް އެގައުމުގެ މީޑިއާއިން ބުނެއެވެ.
ފުލުހުން ވަނީ މިހާދިސާގެ ރިޕޯޓު ލިބުމާއެކު އެސަރަހައްދު ބަންދުކޮށް މިއަމަލު ހިންގަން މަސައްކަތްކުރި ފަސް މީހުން ހައްޔަރު ކޮށްފައެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާކަމަށް ފުލުހުން ބުނެފައި ވެއެވެ. ފުލުހުން ވަނީ މިހާރު މިމައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފައެވެ.
ބިލިއަނަރު ހީ ޒިއަންޖިއަން އަކީ މަޝްހޫރު ބްރޭންޑް މެޑިއާގެ ފައުންޑަރެވެ. އޭނާގެ މިލްކިއްޔާތުގައި 24.8 ބިލިއަން ޑޮލަރު ހުރިކަމަށް ފޯބްސް އިން ބުނެއެވެ. އޭނާއަކީ ޗައިނާގެ ހަވަނަޔަށް އެންމެ މުއްސަނދި މީހާއެވެ.