މާލޭގެ ގެއެއް ކަމަށްވާ މ. ހާޑްރޮކްގެ ދެވަނަ ފަންގި ފިލާގެ ސޮކެޓެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ ރޭގެ 00:27 ހާއިރު މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގި ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
އެ ހާދިސާގައި ގޭގެ ސޮކެޓުގައި އަލިފާން ރޯވެ އެ އިމާރާތުގެ އިތުރު ފަންގިފިލާތަކަށްވެސް އަލިފާނުގެ އަސަރު ކޮށްފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.
އެމްއެންޑީއެފް އިން ބުނީ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް ރޭގެ 00:57 ހާއިރު އަލިފާން އެއްކޮށް ނިއްވާލާފައިވާ ކަމަށެވެ.
އެ ހާދިސާގައި އިމާރާތަށް އެކިވަރުގެ ގެއްލުން ލިބުނު ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.