ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފްގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފިއެވެ.
އެމެރިކާގެ ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި މިހާރު ހުންނެވި ޖޯން ކެލީ މިއަހަރު ނިމުމަށްފަހު އެމަގާމުން އިސްތިއުފާ ދެއްވުމަށް ހަމަޖެހިފައިވާތީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމަގާމަށް އެމެރިކާގެ ޑިރެކްޓަރ އޮފް މެނޭޖްމަންޓް އެންޑް ބަޖެޓްގެ މަގާމުގައި ހުންނެވި މިކް މުލްވެނީ އައްޔަން ކޮށްފައެވެ.
ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި އޭނާވަނީ މިކް މުލްވެނީ ޗީފް އޮފް ސްޓޭޓްގެ މަގާމަށް އައްޔަން ކުރެއްވިކަން ހާމަކޮށްފައެވެ. އަދި މިކް މުލްވެނީ ވަނީ ސަރުކާރުގައި ބޮޑެތި ހިދުމަތްތަކެއް ކުރައްވާފައިކަމަށް ޓްރަމްޕްގެ ޓްވީޓުގައި ފާހަގަކުރެއްވިއެވެ.
މިދިޔަ ހަފްތާގައި ޓްރަމްޕް ވަނީ ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފްގެ މަގާމަށް ނިކް އަޔާސް އައްޔަންކުރަން ނިންމަވައިފައެވެ. ނަމަވެސް އޭނާ ވަނީ ފަހުން އެމަގާމު ބޭނުން ނުވާ ކަމަށް ވިދާޅުވެފައެވެ.
ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފްގެ މަގާމަށް އަލަށް އައްޔަން ކޮށްފައިވާ މިކް މުލްވެނީ މަޝްހޫރުވެފައިވަނީ ސައުތު ކެލޮރީނާގެ ސެނެޓަރެއްގެ މަގާމުގައި ހުންނަވައި ކުރެއްވި މަސައްކަތްތަކުންނެވެ.
މިކް މުލްވެނީ އެންމެފަހުން ބަލަހައްޓަވަމުން ގެންދެވީ އެމެރިކާގެ އޮފީސް އޮފް މެނޭޖްމަންޓް އެންޑް ބަޖެޓް އެވެ. އެއީ އެމެރިކާގެ ރައީސްގެ އެންމެ އަރިސް އެއް މަގާމެވެ. އެމެރިކާގެ ރައީސްގެ މީޓިންގތަކާއި ބަޖެޓުގެ ކަންކަން ބަލަހައްޓަވަނީ އެ އޮފީހުންނެވެ.