ދުނިޔެ

ކޮވިޑު ޖެހިގެން މަރުވާ މީހުންގެ އަދަދު އޮޅުވައިލުމުން ޗިލީގެ ހެލްތު މިނިސްޓަރު މަގާމުން ދުރުކޮށްފި

މުހައްމަދު އައުޒަމް

ކޮވިޑު ޖެހިގެން މަރުވާ މީހުންގެ އަދަދު އޮޅުވައިލުމުން ޗިލީގެ ހެލްތު މިނިސްޓަރު މަގާމުން ދުރުކޮށްފިއެވެ.

ޗިލީގެ ރައީސް ސެބަސްޓިއަން ޕިނޭރާ ވަނީ އެގައުމުގެ ހެލްތު މިނިސްޓަރު ޖައިމް މަނަލިޗް މަގާމުން ދުރުކޮށް އެމަގާމަށް އެގައުމުގެ މެޑިކަލް ޑޮކްޓަރަކު އައްޔަން ކޮށްފައެވެ.

ރައީސް ޕިނޭރާ ވަނީ ޖައިމަް މަނަލިޗް ހެލްތު މިނިސްޓަރު ގެ މަސްއޫލިއްޔަތުތައް ރަނގަޅަށް އަދާ ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި މިއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވެސް ވިދާޅުވެފައެވެ.

ޗިލީގެ ހެލްތު މިނިސްޓަރު އޭނާގެ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން އެގައުމުގެ ކޮވިޑްގެ ހަގީގީ ހާލަތު ހާމަ ނުކުރުމުގެ ސަބަބުން ބޮޑެތި ފިއްތުންތަކެއް ވަނީ ކުރިމަތިވެފައެވެ.

ޗިލީ އަކީ ލެޓިން އެމެރިކާގެ ގައުމުތަކުގެ ތެރެއިން އާބާދީގެ ނިސްބަތުން އެންމެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާ ގައުމެވެ. އެގައުމުން 167،355 ޕޮޒިޓިވް ކޭސް ފެނިފައިވާއިރު މިހާތަނަށް އެގައުމުން ތިން ހާހަށްވުރެން ގިނަ މީހުން މަރުވެފައި ވެއެވެ.