ދުނިޔެ

އިންޑިއާގައި ކޮވިޑްގެ ބަލިމީހުންނާމެދު ކަންކުރަނީ ޖަނަވާރުންނަށް ވުރެން އިހާނެތިކޮށް: އިންޑިއާގެ ސުޕްރީމް ކޯޓް

މުހައްމަދު އައުޒަމް

އިންޑިއާގައި ކޮވިޑްގެ ބަލިމީހުންނާމެދު ކަންކުރަނީ ޖަނަވާރުންނަށް ވުރެން އިހާނެތިކޮށް ކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން ބުނެފިއެވެ.

އިންޑިއާގެ މީޑިއާތަކާ ހަވާލާދީ އަލްޖަޒީރާގައި ވާގޮތުގައި ކޮވިޑް ޖެހެމުންދާ މީހުންގެ އަދަދު ގިނަވެ ހޮސްޕިޓަލުތަކަށް ނުކަތާވަރު ވެފައިވެއެވެ. ކޮވިޑު ޖެހޭމީހުން ބެލުމުގައި ހޮސްޕިޓަލުތަކާއި ސިއްހީ އިދާރާތަކުން އަމަލު ކުރާ ގޮތާމެދު ސުޕްރީމް ކޯޓުން ކަން ބޮޑުވުން ފާޅުކޮށްފައިވާއިރު ސަރުކާރާއި އެކަމާ ގުޅުން ހުރި އިދާރާތަކަށް ނޯޓިސްވެސް ވަނީ ފޮނުއްވާފައެވެ.

މީސް މީޑިއާގައި ވެސް އެތައް ބަޔަކު ދަނީ ބަލިމީހުންނާމެދު އެގައުމުން ގެންގުޅޭ އިހާނެތި ގޮތްތައް ހިއްސާކުރަމުންނެވެ.

އެގޮތުން އިންޑިއާގެ އަވަށެއްގެ މަގުމައްޗައް ވެއްޓިފައިވާ މީހަކު އެސިޓީގެ ކަމާބެހޭފަރާތްތަކުން ނަގައި ކުނިއަޅާ ޑަމްޕަރަކަށް ލައިގެން ގެންދާ މަންޒަރުގެ ވީޑިއޯއެއްވެސް ޓުވިޓާގައި ގައި ދަނީ ދައުރުވަމުންނެވެ.

ޓްވީޓާގައި ދައުރުވަމުންދާ ވީޑިއޯ

އިންޑިއާގައި ފާއިތުވެދިޔަ 24 ގަޑިއިރުތެރޭ ކޮވިޑްގެ 10956 ކޭސްފެނިފައިވާއިރު 396 މީހުން މަރުވެފައިވާ ކަމަށް ރެކޯޑު ތަކުން ދައްކައެވެ.

އިންޑިއާގައި ކޮވިޑް ޖެހުނުކަމަށް މިހާތަނަށް ތިންލައްކަ އަށްވުރެ މައްޗަށް އަރާފައިވާއިރު އަށް ހާހަށް ވުރެން ގިނަ މީހުން މަރުވެފައިވެއެވެ.