ކުއްލި ޚަބަރު

ލޯކަލް މާރުކޭޓާއި މަސްމާރުކޭޓުވެސް މި މަހު 15 އިން ފެށިގެން ހުޅުވޭނެ

ލޯކަލް މާރުކޭޓާއި މަސްމާރުކޭޓުވެސް މި މަހު 15 އިން ފެށިގެން ހުޅުވޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު އައިމިނަތު ޝައިނާ އަބްދުﷲ ވަނީ ލޮކްޑައުންއަށް އިތުރަށް ދޭނެ ލުއިތައް އިއުލާން ކުރައްވައިފައެވެ.

އެގޮތުން މަސް މާރުކޭޓާއި ލޯކަލް މާރުކޭޓު ހުޅުވުމަށް އެތަންތަނުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިނަށް ފެތޭ ގޮތަށް ކަންކަން އިންތިޒާމުކުރުމަށް މާލޭ ސިޓީ ކައުންސިލާ މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ އެތަނުގެ ސާފުތާހިރުކަމާއި ގައިދުރުކަން ބެހެއްޓޭނެ މިންގަނޑުތައް އެކުލަވާލުމަށް ކުރަމުން އަންނަ މަޝްވަރާތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން އަންނަ ހޯމަ ދުވަހުން ފެށިގެން ކެފޭ އަދި ރެސްޓޯރެކްޓްތަކަށް މިހާރު ދެމުން އަންނަ ޑެލިވަރީގެ ހިދުމަތުގެ އިތުރުން ޓޭކްއަވޭގެ ހިދުމަތް ދިނުމަށް ހުޅުވާލެވޭނެ ކަމަށާއި އަދި އޮތް ދޮވެވޭނެ އިންތިޒާމުތަކާއެކު ޕާކުތަކާއި މައިޒާންތައް ހުޅުވުމުގެ ހުއްދަ ވެސް ދޭން ނިންމާފައިވާ ކަމަށް ޝައިނާ ވިދާޅުވިއެވެ.