ކުއްލި ޚަބަރު

ޑޮމެސްޓިކް އެއާޕޯޓުތައް ވެސް މި މަހު 15ގެ ފަހުން ހުޅުވޭނެ، ބަލިނެތް ރަށްރަށުން ބަލިނެތް ރަށްރަށަށް ދަތުރުކުރެވޭނެ

ޑޮމެސްޓިކް އެއާޕޯޓުތައް ވެސް މި މަހު 15ގެ ފަހުން ހުޅުވޭނެ، ބަލިނެތް ރަށްރަށުން ބަލިނެތް ރަށްރަށަށް ދަތުރުކުރެވޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު އައިމިނަތު ޝައިނާ އަބްދުﷲ ވަނީ ލޮކްޑައުންއަށް އިތުރަށް ދޭނެ ލުއިތައް އިއުލާން ކުރައްވައިފައެވެ.

އެގޮތުން ކޮވިޑް ކޭސްތައް ނެތް ރަށަކުން އެބަލި ނެތް އެހެން ރަށަކަށް ދަތުރުކުރުމުގައި ހުރަސްތައް އަންނަ ހޯމަ ދުވަހުން ފެށިގެން އުވިގެންދާނެ ކަމަށާއި އަދި އެއާއެކު ޑޮމެސްޓިކް އެއާޕޯޓްތައް ހުޅުވުމަށް ވެސް ލަފާދީފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު ކޮވިޑް ކޭސްތައް ހުރީ މާލޭގައި ކަމުން، މާލެއަށް އަންނަ މީހުންނާ ފުރާ މީހުންނަށް ކޮންމެވެސް ރިސްޓްރިކްޝަން ތަކެއް ހުންނާނެ. ކަނޑައަޅާފައި ހުންނަ އުސޫލުތަކުގެ ތެރެއިން ކުރަންޖެހޭ ކަންތައް ކޮށްގެން ނުވަތަ ފުރަންޖެހޭ ފޯމްތަކާ އެ އިންނަ ފޮރޮސެސް ފުރިހަމަކޮށްގެން އެއް ރަށުން އަނެއް ރަށަށް ދެވޭނީ،" ޝައިނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އަންނަ ހޯމަ ދުވަހުން ފެށިގެން ކެފޭ އަދި ރެސްޓޯރެކްޓްތަކަށް މިހާރު ދެމުން އަންނަ ޑެލިވަރީގެ ހިދުމަތުގެ އިތުރުން ޓޭކްއަވޭގެ ހިދުމަތް ދިނުމަށް ހުޅުވާލެވޭނެ ކަމަށެވެ. އަދި އޮތް ދޮވެވޭނެ އިންތިޒާމުތަކާއެކު ޕާކުތަކާއި މައިޒާންތައް ހުޅުވުމުގެ ހުއްދަ ވެސް ދޭން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.