ކުއްލި ޚަބަރު

މި މަހު 15 އިން ފެށިގެން ކެފޭ ރެސްޓޯރެންޓުތައް ޓޭކްއަވޭއަށް ހުޅުވޭނެ

މި މަހު 15 އިން ފެށިގެން ކެފޭ ރެސްޓޯރެންޓުތައް ޓޭކްއަވޭއަށް ހުޅުވޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ލޮކްޑައުންގެ ލުއިތަކާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިރޭ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު އާމިނަތު ޝައިނާ އަބްދުﷲ ވިދާޅުވީ ޖޫން 15 އިން ފެށިގެން ރެސްޓޯރަންޓް ކެފޭތައް ޑެލިވަރީގެ އިތުރުން ޓޭކްއަވޭއަށް ވެސް ހުޅުވޭނެ ކަމަށެވެ.

"މި ހުޅުވެނީ ޓޭކްއަވޭ، ޑެލިވަރީއަށް އެކަނި. އެހެންވީމާ މި މުއްދަތުގައި މިހާރު އިން ލެވަލްއަކީ ޑެލިވަރީއަށް. އޭގެ އިތުރަށް ފުޅާކުރެވިގެން މިދަނީ ޓޭކްއަވޭއަށް ހުޅުވޭ ގޮތަށް. އަޅުގަނޑުމެން އިރުޝާދުދެން ޓޭކްއަވޭއަށް ވަޑައިގަންނަވާ ބޭފުޅުން ވެސް ވީހާވެސް ފިޒިކަލް ޑިސްޑަންސިން މެޝާޒްއާއި ސޭފްޓީ ޕްރޮކޯޝަންތަކެއް ނެންގެވުމަށް،" އޭނާ ވިދާޅުވިއެވެ.

މިމަހުގެ 15 އިން ފެށިގެން ލޮކްޑައުނަށް ގިނަ ލުއިތަކެއް ދިނުމަށް ނިންމާފައިވާ އިރު، އަންނަ މަހުން ފެށިގެން އިތުރު ލުއިތަކެއް ދިނުމަށް ވެސް ވަނީ ނިންމައިފައެވެ. މިމަހުގެ 15 އިން ފެށިގެން ދޭ އެންމެ ބޮޑު ލުޔެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ހުއްދައަކާ ނުލައި އާންމުންނަށް ބޭރަށް ނުކުމެވޭގޮތަށް ހަމަޖެއްސުމެވެ.

އޭގެ އިތުރުން ޖުލައި މަހު ދޭ ލުއިތަކުގެ ތެރޭގައި ކެފޭ ރެސްޓޯރަންޓްތަކުން އާންމުންނަށް ހިދުމަތްދިނުމަށް ހުޅުވާލުމުގެ ހުއްދަ ދިނުން ހިމެނެއެވެ.