މުހައްމަދު އައުޒަމް
މޫސުމީ ބަދަލުތަކުގެ ސަބަބުން ކޮރޯނާ ވައިރަހަށް އަސަރެއް ނުކުރާނެ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފިއެެވެ.
ޑަބްލިއުއެޗްއޯގެ ހެޑްއޮފް އިމަޖެންސީ ޕްރޮގްރާމް މައިކް ރީއަން ވަނީ މޫސުމަށް އަންނަ ބަދަލުކުން ހޫނުވެގެން ނުވަތަ ފިނި ވުމުގެ ސަބަބުން ވައިރަސް އިތުރަށް ފެތުރި ނުވަތަ ވައިރަހުގެ ބާރު ކުޑަވުން ފަދަ ބަދަލެއް އަންނާނެކަމަށް ބެލެވޭން ނެތް ކަމަށް ވިދާޅުވެފަ އެވެ.
ޑަބްލިއުއެޗްއޯއިން ވަނީ ވައިރަސް ފެތުރެން ފެށި ދުވަސްވަރު މިވައިރަސް ހޫނު ގައުމުތަކުގައި ފެތުރޭ ނިސްބަތް ދަށް ކަމަށް ބުނެފައެވެ. ނަމަވެސްއިތުރު ދިރާސާތަކާއެކު ޑަބްލިއުއެޗްއޯގެ ވާހަކަތައް މިހާރުވަނީ ބަދަލުވެފައެވެ.
ރީއަން ވަނީ މިހާރު ހުރިހާ ގައުމުތަކަށް ދިމާވަމުން އަންނަ މައްސަޔައަކީ ޕީޕީއީ ލިބުމުގައި ހުރި ދަތިތައްކަމަށް ފާހަގަކުރައްވައިފައެވެ. އޭނާ ވަނީ ބައެއް ގައުމުތަކުގައި ކޮވިޑް ފެތުރޭ ވަރު އަވަސް ވުމުގެ ސަބަބުން ސިއްހީ ފަރުވާ ދިނުމަށް ނުކުޅެދޭ ހިސާބަށް ދާން ފަށާފައިވާކަމަށްވެސް ވިދާޅުވި އެވެ.
ކޮވިޑް އެންމެ ފުރަތަމަ ފެނި ބާރަށް ފެތުރެން ފެށި އިރު މި ބަލި އެންމެ ގަދަޔަށް ފެތުރިގެން ދިޔައީ ޔޫރަޕްގެ ގައުމުތަކުގަ އެވެ. އޭރު ފާހަގަކުރެވުނީ ހޫނު ގަދަ ގައުމުތަކުގައި ވައިރަސް ފެތުރޭ މިންވަރު ދަށް ކަމަށެވެ. އެހެން ކަމުން މި ވައިރަސް ހޫނުގެ ތެރޭގައި ބަލިކަށި ކޮށްލަނީ ކަމަށް ބައެއް މީހުން ފާހަގަކޮށްފައި ވެއެވެ. އެހެން ނަމަވެސް އެކަމުގައި ހަރުދަނާ ހަގީގަތެއް ނުވަތަ ދިރާސާއަކުން އެކަން ހާމަވެފައެއް ނެތެވެ. މި ދުވަސްވަރު ކޮވިޑް އެންމެ ގަދަޔަށް ފެތުރެމުންދާ ގައުމުތަކުގެ ތެރޭގައި އަވައްޓެރި އިންޑިއާ ހިމެނެ އެވެ. އިންޑިއާގެ ގިނަ ސަރަހައްދުތަކަކީ ރާއްޖެއެކޭ އެއް ކަހަލަ ފިނިހޫނު މިނެއް އޮންނަ، ފިނި ގައުމުތަކުގެ ތެރޭގައި ނުކިޔާ ގައުމެކެވެ. ވަކީން ހާއްސަކޮށް އިންޑިއާގައި އެންމެ ގަދަޔަށް ބަލި ފެތުރެމުންދާ ބައެއް ހިސާބު ތަކަކީ ހޫނު ގަދަ ހިސާބުތަކެވެ.