ދުނިޔެ

ކޮވިޑު ޖެހޭ މީހުންނާއި އެބަލިން މަރުވާ މީހުންގެ އަދަދު ހާމަ ކުރުމަށް ބްރެޒިލްގެ ސުޕްރީމްކޯޓުން އަމުރުކޮށްފި

މުހައްމަދު އައުޒަމް

ކޮވިޑު ޖެހޭ މީހުންނާއި އެބަލިން މަރުވާ މީހުންގެ އަދަދުތައް ހާމަ ކުރުމަށް ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.

ބްރެޒިލްގައި ކޮވިޑް ފެތުރެމުންދާ ވަރު ސިއްރު ކުރުމަށްޓަކައި އެގައުމުގެ ހެލްތު މިނިސްޓްރީން ވަނީ ބަލި ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދުވެސް އިތުރަށް އާންމު ނުކުރުމަށް ނިންމައިފަ އެވެ.

ބްރެޒިލްގެ ސުޕްރީމް ކޯޓުން ނެރެފައިވާ ބަޔާނުގައި ވަނީ ހެލްތު މިނިސްޓްރީއަށް މިހުރިހާ މައުލޫމާތެއް އަލުން ޝާއިއުކޮށް ހުރިހާ ކަމެއް ހާމަކުރުމަށް އަންގައިފައެވެ.

ބްރެޒިލްގެ ސަރުކާރުން ދާދި ފަހުން ވަނީ އެގައުމުގައި ބަލިމަޑު ކަމެއް ނެތް ކަމަށް ބުނެ ގައުމު އާންމު ހާލަތަކަށް ގެންދިއުމުގެ މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ. އެގައުމުގެ ރައީސް ވަނީ ޑަބްލިއުއެޗްއޯއިން ކޮވިޑް ނައްތައިލުމަށް މަސައްކަތް ނުކުރާކަމަށް ބުނެ އެޖަމިއްޔާއިން ވަކިވާނެކަމަށް އަންގައިފައެވެ.

ބްރެޒިލްގައި ހަތްލައްކައަށްވުރެ ގިނަ މީހުނަށް ކޮވިޑް ޖެހުނު އިރު 37000 އަށްވުރެން ގިނަ މީހުން މަރުވެފައި ވެއެވެ.