މުހައްމަދު އައުޒަމް
ސެޓަލައިޓް ފޮޓޯތަކުން ދައްކާގޮތުން ވުހާންއިން ބަލި ރިޕޯޓް ކުރުމުގެ އެތައްދުވަހެއް ކުރިން ބަލިވަނީ ފެތުރެން ފަށާފައި ކަމަށް ދައްކައިފިއެވެ.
ހާވާޑް އުނިވާސިޓީން އެއްކޮށްފައިވާ މައުލޫމާތުތަކުން ދައްކާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން ޑިސެމްބަރު މަހާ ދެމެދު ވުހާންގެ ހޮސްޕިޓާތައް ކައިރީގައި ބޮޑު ޓްރެފިކެއް އޮތް ކަމަށެވެ.
ހާވާޑް ޔުނިވާސިޓީގެ ދިރާސާވެރީން ވަނީ ވުހާންގެ ފަސް ހޮސްޕިޓަލެއް ހިމެނޭ ސަރަހައްދު ސެޓަލައިޓް ފޮޓޯތައް ބޭނުންކޮށްގެން ދިރާސާކޮށްފައެވެ.
ދިރާސާވެރީން އެއްކުރި މައުލޫލާތުތަކުން އެނގުނީ، ކެއްސުމާއި ބޭރަށް ހިންގުން ފަދަ ކޮވިޑްގައި އޭރު ފާހަގަކުރެވުނު ބައެއް އަލާމާތްތަަކާ ގުޅޭ ގޮތުން ވުހާންގައި ވަރަށް ގިނަ ބަޔަކު އެ ދުވަސްވަރު އޮންލައިންކޮށް ދިރާސާކޮށް، މައުލޫމާތު ހޯދަމުން ދިޔަ ކަމެވެ.
ޗައިނާގައި ނޮވެމްބަރުން ފެށިގެން ކޮވިޑް ފެތުރެން ފަށައިފަވާކަމަށް ބެލެވިފައިވާއިރު އެގައުމުން ޑަބްލިއުއެޗްއޯއަށް ކޮވިޑްގެ މައުލޫމާތު ދީފައިވަނީ ޑިސެމްބަރު މަހުގެ ފަހުކޮޅުގައެވެ.