ޕާކިސްތާނުގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ލައްކައަކަށް އަރައިފިއެވެ.
ޕާކިސްތާނުގައި ކޮވިޑް ކޭސްތައް މިހާ ގިނަވެގެން ގޮސްފައިވަނީ ރޯދަމަހަށްފަހު އެގައުމުގެ ބައެއް ވިޔަފާރިތައް ހުޅުވާލުމާ ގުޅިގެން ކަމަށް އެގައުމުގެ އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.
ޕާކިސްތާނުން ބަލި ޖެހޭ މީހުން އިތުރުވުމާއެކު އެގައުމުގެ ޑޮކްޓަރުންނާއި ސިއްހީ މާހިރުން ވަނީ އެގައުމުގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކޮށް ހަރުކަށި ކުރުމަށް ގޮވާލައިފައެވެ. އެގޮތުން ލޮކްޑައުން އަށް އިތުރު ހަރުކަށިކަމެއް ގެނެސް އެގައުމުގެ މިސްކިތްތައް ވަގުތީގޮތުން ބަންދު ކުރުމަށްވެސް ވަނީ ލަފާ ދީފައެވެ.
ޑޮކްޓަރުންނާއި ސިއްހީ މާހިރުންގެ ހުރިހާ ލަފަޔަކަށް ޕާކިސްތާނުގެ ސަރުކާރުން އަމަލު ނުކުރާނެ ކަމަށް ފަހުން ވަނީ ބުނެފައެވެ. ނަމަވެސް ސަރުކާރުން ވަނީ ބައެއް ފިޔަވަޅުތައް އަޅައިފައެވެ. އެގޮތުން އެގައުމުގެ ގިނަ ވިޔަފާރިތަކެއް ވަނީ ހުއްޓުވައިފައެވެ.
ކޮވިޑް ޖެހި މިހާތަނަށް ޕާކިސްތާނުން 2000 އަށް ވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.