ދުނިޔެ

ޑަބްލިއުއެޗްއޯއާ ވަކިވާން ޖެހިދާނެކަމުގެ އިންޒާރު ބްރެޒިލުން ދީފި

މުހައްމަދު އައުޒަމް

ޑަބްލިއުއެޗްއޯއާ ވަކިވާން ޖެހިދާނެ ކަމުގެ އިންޒާރު ބްރެޒިލް އިން ދީފި އެވެ.

ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯ ވިދާޅުވީ ޑަބްލިއުއެޗްއޯއިން ވަނީ ވަކި އަތަކަށް ޖެހިފައި ކަމަށާއި އެހެން ކަންތައްތައް ދާނަމަ ގުޅުން ކަނޑައިލަން ޖެހިދާނެ ކަމަށެވެ.

ބޮލްސޮނާރޯ ވަނީ ޑަބްލިޔުއެޗްއޯއިން ގިނަ ކަންތައްތަކެއް ފޮރުވާ ކަމަށް ތުހުމަތުވެސް ކުރައްވައިފައެވެ. އަދި ކޮވިޑަށް ފަރުވާ ކުރުމަށް ބޭނުންކުރުމުން ގެންދިޔަ ބައެއް ބޭސްތައް ހުއްޓުވާފައި ވާކަމަށް ވެސް ވިދާޅުވިއެވެ.

ބޮލްސޮނާރޯ ވަނީ ޓްރަމްޕްގެ ނިންމުމަށް ތާއީދުކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ.

ދާދި ފަހުން ޓްރަމްޕް ވަނީ ޑަބްލިއުއެޗްއޯއިން ކޮވިޑް ކޮންޓްރޯލް ކުރުމަށް ނުކުޅެދިފައިވާކަމަށް ވިދާޅުވެ އެމެރިކާއިން އެޖަމިއްޔާއަށް ދޭ އެހީ ކަނޑާލައި މެންބަރުކަމުން ވަކިވުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ކޮވިޑަށް ޕޮޒިޓިވް ވެ 3 ލައްކައަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު މިހާތަނަށް 6 މިލިއަނަށްވުރެ ގިނަ މީހުންނަށް ވަނީ ކޮވިޑް ޖެހިފައެވެ.