ކުއްލި ޚަބަރު

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވި އަށްވަނަ މީހަކު މަރުވެއްޖެ

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވި އަށް ވަނަ މީހަކު މަރުވެއްޖެ އެވެ.

ކޮވިޑް ބަލީގައި ރާއްޖެއިން އަށް ވަނަ މީހަކު މަރުވިކަން "ވަން" އަށް އެންއީއޯސީގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ. އަދި މިކަމާ ގުޅޭ އިތުރު ތަފްސީލު އެޗްޕީއޭއިން ހާމަ ކުރައްވާނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ ބަންގްލަދޭޝް މީހެކެވެ. އަދި މި މީހާއަކީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން އައި މީހެއްކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

މި މީހާ މިއަދުގެ ވަގުތެއްގައި ވަޅުލާފައިވާ ކަމަށް "ވަން" އަށް މައުލޫމާތު ލިބިފައި ވެއެވެ.

މީގެ ކުރިން ރާއްޖޭގައި މި ބަލީގައި މަރުވެފައިވަނީ ބަންގްލަދޭޝްގެ ތިން މީހަކާއި ހަތަރު ދިވެހިންނެވެ. އަދި މިއަދު މަރުވި ބަންގަލަދޭޝް މީހާއާއެކު ރާއްޖޭގައި ކޮވިޑް ބަލީގައި މަރުވި މީހުންގެ ޖުމުލަ އަދަދު މިވަނީ އަށަކަށް އަރައިފައެވެ.